އދ. ގެ އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޯ އޭޝިއާ އެންޑް ދަ ފެސިފިކަށް ރާއްޖެއިން ކަނޑައަޅާ ދާއިމީ މަންދޫބުކަމަށް ހުދާ އަލީ ޝަރީފް އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މިއަދު މަޖިލީހުން ވަނީ އެ މަގާމަށް ހުދާ އައްޔަންކުރުމާ މެދު ވޯޓަށް އަހާފައެވެ. މި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 65 މެންބަރުން ވަނީ އޭނާ އައްޔަނުކުރަން ފެންނަ ކަމަށް ވޯޓް ދެއްވައިފައެވެ.

ހުދާއަކީ ތައިލެންޑަށް ކަނޑައަޅާފައިވާ ޑެޕިއުޓީ އެމްބެސެޑަރުވެސްމެއެވެ. އދ. ގެ އޭޝިއާ، ޕެސިފިކް ކޮމިޝަންގެ ދާއިމީ މަންދޫބަކަށް ހުދާ އައްޔަނުކުރަން ފާސްކޮށްފައިވާއިރު ރާއްޖެއިން ޑެންމާކަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް ގީލާ އަލީ އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

މަޖިލީހުގެ މިއަދު ޖަލްސާގައި ޑެންމާކަށް ނޮން-ރެސިޑެންޓް ސަފީރުކަމަށް ގީލާ އައްޔަނުކުރުމާމެދު ވޯޓަށް އަހާފައިވާއިރު ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 65 މެންބަރުން ވަނީ ގީލާ އެ މަޤާމަށް އައްޔަނުކުރުމަށް ފެންނަ ކަމަށް ވޯޓް ދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން