ބޭސް ފިހާރައެއް--
ބޭސް ފިހާރައެއް--
އަތޮޅުތެރޭގައި ގައިންގަޔަށް ނާރާ ބަލިތަކަށް ފަރުވާކުރާ މީހުންނާއި ދާއިމީ ގޮތެއްގައި ބޭސް ބޭނުންކުރާ ފަރާތްތަކުގެ ރަޖިސްޓްރީއެއް އެކުލަވާލުމަށް ހެލްތު މިނިސްޓްރީން ނިންމައިފި އެވެ.

ހެލްތު މިނިސްޓްރީން ބުނީ އެ ނިންމުން ނިންމީ އެ ފަރާތްތަކަށް ބޭނުންވާ ބޭސް މެދުނުކެނޑި ލިބޭނެ އިންތިޒާމް ހަމަޖައްސައި ގަވާއިދުން ޓެސްޓްތައް ހެދުމާއެކު ދެމެހެއްޓެނިވި ގޮތެއްގައި ހިދުމަތް ދެވޭކަން ކަށަވަރުކުރުމުގެ ގޮތުން ކަމަށެވެ.

"އެގޮތުން 2025 އެޕްރީލު 1 އިން ފެށިގެން ނ އަދި ށ.އަތޮޅުގެ ރަށްތަކުގައި މި ރަޖިސްޓްރީ އެކުލަވާލުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެއެވެ. އަދި އެހެނިހެން އަތޮޅުތަކުގައިވެސް ކުރިއަށްއޮތް 3 މަސް ދުވަހުގެ ތެރެއިން މި މަސައްކަތް ފެށުމަށް ވަނީ ރޭވިފައެވެ." ހެލްތު މިނިސްޓްރީން ނެރުނު ބަޔާނުގައި ބުންޏެވެ.

އެކަމަށްޓަކައި ކޮންމެ ހެލްތު ފެސިލިޓީއަކުން ފޯކަލްޕޮއިންޓެއް ކަނޑައަޅައި ވިލަރެސްކުރެވޭނޭ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށާއި އަދި ބޭނުންވާ ބޭހުގެ ލިސްޓުގެ މައުލޫމާތު ހޯދައި ޓެސްޓުތައް ހެދުމުގެ ކަންކަންކުރިއަށް ގެންދިއުމުގެ އިންތިޒާމްތައް ވެސް ހަމަަޖައްސާފައިވާ ކަމަށް މިނިސްްޓްރީން ބުންޏެވެ.

ފަހަކަށް އައިސް އާސަންދަ މެދުވެރިކޮށް ބޭސްތައް ނުލިބޭކަމުގެ ޝަކުވާ ވަނީ ވަރަށް ބޮޑުވެފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން