މާޝާ މިދުހަތު   7 ސެޕްޓެމްބަރު 2020 - 3:58
ސޮނީ ޓީވީ އިން ދައްކާ "ކޯން ބަނޭގާ ކަރޯޑްޕަތީ" ގެ 12 ވަނަ ސީޒަންގެ ސެޓް ފަރުމާކޮށް ތައްޔާރުކޮށް ނިންމައި އާންމުކޮށް ދައްކާލައިފިއެވެ.

ސޮނީ ޓީވީން ދައްކާ އެންމެ މަގްބޫލު އެއް ޕްރޮގްރާމް ކަމަށްވާ "ކޯން ބަނޭގާ ކްރޯޑްޕަތީ" ގެ މިފަހަރުގެ ސީޒަންގެ ސެޓް ދައްކާލާފައި ވަނީ ސޮނީ ޓީވީގެ އިންސްޓަގްރާމް މެދުވެރިކޮށް އާންމުކޮށްފައިވާ ވީޑިޔޯ އަކުންނެވެ. ސެޕްޓެމްބަރު 7 ގައި "ކޯން ބަނޭގާ ކަރޯޑްޕަތީ" ގެ 12 ވަނަ ސީޒަންގެ ޝޫޓިންގ ފެށުމަށް ހަމަޖެހިފައިވާއިރު، މިފަހަރުގެ ސީޒަންގެ ހޮސްޓަކީވެސް ބޮލީވުޑްގެ މަޝްހޫރު ސުޕަރސްޓާރ އަމީތާބް ބައްޗަންއެވެ. މިކަމާ ގުޅޭގޮތުން އަމީތާބް ބައްޗަންގެ އަމިއްލަ ބްލޮގް ގައި، މި ސީޒަންގެ ޝޫޓިންގ ތައް ކުރިއަށް ގެންދެވޭނީ ރައްކާތެރިކަމަށް ފިޔަވަޅު އަޅައިގެން ކަމަށް ލިޔެފައިވެއެވެ.

"ކޯން ބަނޭގާ ކަރޯޑް ޕަތީ" ގެ 12 ވަނަ ސީޒަންގެ ސެޓުން، މިދިޔަ މަހު ކުރީކޮޅު ކޮވިޑް-19 އިން ސަލާމަތްވި އަމީތާބް ބައްޗަން ފެނިގެންގޮސްފައިވާ ކަމަށް އިންޑިޔާގެ މީޑީޔާތަކުން ހާމަކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން