މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބަޔަކު ދެ ކިލޯ މަސްތުވާތަކެއްޗާއެކު އަތުލައިގެންފި އެވެ.
ކްރިމިނަލް ކޯޓުން ރޭ ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކުރީ 46 އަހަރުގެ ފިރިހެނަކާއި 35 އަހަރުގެ އަންހެނެއްގެ އިތުރުން 39 އަހަރުގެ ފިރިހެނެކެވެ. އެއީ މުޅިންވެެސް ދިވެހީން ނެވެ.
ބަންދު އަމުރުގައި ބުނެފައިވާ ގޮތުން އެ މީހުން ތިބި ތަނުން ގިނަ އަދަދެއްގެ އެކި ބާވަތްތަކުގެ މަސްތުވާތަކެތި ފެނުނެވެ. އަދި އެ ތަކެތީގެ ބަރުދަނުގައި ދެ ކިލޯ ވަރު ހުންނާނެ ކަމަށް އަމުރުގައި ބުނެފައި ވެއެވެ.
އެހެންވެ އެ މީހުންގެ މައްޗަށް ކުރަނީ މަސްތުވާތަކެތި ބޭނުންކުރުމާއި ޓްރެފިކް ކުރުމުގެ ތުހުމަތެވެ.
ނަމަވެސް އެ މައްސަލައިގައި ހައްޔަރުކުރި އަންހެން މީހާ ބުނީ މަސްތުވާތަކެއްޗާ އޭނާއާ ގުޅުމެއް ނެތް ކަމަށާއި އެތަކެތި ފެނުނު ތަނަށް ދިޔައީ ބައެއް ކަންކަމުގައި އެހީތެރިވުމަށް ކަމަށް ބުނާ ކަމަށް ބަންދު އަމަރުގައި ބުނެފައި ވެއެވެ.
އެކަމަކު އަންހެން މީހާގެ ޔޫރިން ޕޮޒިޓިވްވެފައިވާތީ އާއެކު އޭނާއާ އަނެއް ދެ މީހުން ވެސް 15 ދުވަހު ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު