މުޅި ދުނިޔޭގައިވެސް ކޮންމެ އަހަރަކު ފާހަގަ ކުރާ "އާތު" އަވަރ މިރޭ ކުރިއަށްދާނެ ކަމަށް އެންވަޔަރަމެންޓު މިނިސްޓްރީން ހާމަކޮށްފިއެވެ.
މިނިސްޓްރީން ބުނެފައިވަނީ އާތު އަވަރ ފާހަގަކުރުމަށް އެއްގަޑިއިރު ވަންދެން ލައިޓުތައް ނިއްވާލުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން މިރޭ ލައިޓުތައް ނިއްވުމަށް ހަމަޖެހިފައިވަނީ 21:45 އިން 22:45 އަށެވެ. އެހެންކަމުން އެ ވަގުތު ތެރޭގައި ކޮންމެހެން ބޭނުންކުރަންޖެހޭ ތަކެތި ފިޔަވައި އެހެން ހުރިހާ ތަކެތި ނިއްވާލަން މިނިސްޓްރީން ވަނީ އެދިފައެވެ.
"އާތު އަވަރ" ފާހަގަ ކުރުމުގައި އާންމުންނާއި ވިޔަފާރި ކުންފުނިތަކާއި އެކިއެކި މަދަނީ ޖަމިއްޔާތަކުން ބައިވެރިވުމަށް މިނިސްޓްރީން އިލްތިމާސް ކޮށްފައި ވެއެވެ.
ކޮންމެ އަހަރަކުވެސް އާތު އަވަރ ފާހަގަ ކުރަނީ މޫސުމަށް އަންނަމުންދާ ބަދަލުތަކާ މެދު މުޖްތަމައު ހޭލުންތެރިކޮށް، ތިމާވެށްޓާ ރައްޓެހި ދިރިއުޅުމުގެ ވައްޓަފާޅިއަކަށް ދިޔުމަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ.
ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި ހިމާޔަތްކޮށް، ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާއި އެ ބަދަލުތަކުގެ ސަބަބުން ނެތިގެންދާ ދިރުންތަކާއި، މާހައުލަށް އަންނަ ބަދަލުތަކަށް ހޭލުންތެރިކުރުވުމަށް ކުރާ މިމަސައްކަތްތަކަށް އެއްބާރުލުން ދިނުމަށް އެންމެން އެކުގައި މި ހަރަކާތުގައި ބައިވެރިވުމަކީ މުހިއްމުކަމެއްކަމަށް މިނިސްޓްރީން ވަނީ ފާހަގަ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު