ފޮޓޯ: މޯލްޑިވްސް ޕޮލިސް ސާވިސް
ފޮޓޯ: މޯލްޑިވްސް ޕޮލިސް ސާވިސް
ކަނޑަގުން ރާއްޖެ އެތެރެ ކުރަން އުޅުނު 7 ކިލޯޣެ މަސްތުވާ ތަކެތަކެއްޗާއެކު ބޯޓުގައި ތިބި މީހުން ހައްޔަރު ކޮށްފިއެވެ.

މި ހާދިސާ ހިނގާފައިވަނީ އިއްޔެއެވެ.

ކްރިމިނަލް ކޯޓުގެ އަމުރުގައި ބުނެފައިވާ ގޮތުގައި މި މައްސަލާގައި ހައްޔަރު ކޮށްފައިވަނީ 10 ބިދޭސީންނެވެ. އޭގެ ތެރޭގައި އިންޑިއާއަށް ނިސްބަތްވާ 7 މީހުންނާއި އިންޑޮނޭޝިއާއަށް ނިސްބަތްވާ 3 މީހުން ހިމެނެއެވެ.

މިއީ ކޮން ގައުމަކުން ރާއްޖެ އައި ބޯޓެއް ކަމެއް އަދި ސާފެއް ނުވެއެވެ.

ހައްޔަރު ކުރި މީހުންގެ ތެރެއިން 5 މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ދީފައިވަނީ 1 ދުވަހެވެ. އަނެއް 5 މީހުންގެ ބަންދަށް ޖަހާފައިވަނީ 5 ދުވަހެވެ.

މި މައްސަލައާ ގުޅޭ ތަފްސީލެއް އަދި ފުލުހުން ހާމަ ކޮށްފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން