މަރްޔަމް ނަހްދާ ވަޙީދު   22 މާރިޗު 2025 - 14:1
މާލޭގެ މަގުތަކުގެ ކާނުތައް ސާފު ކުރުމުގެ ތެރެއިން، ފޮޓޯ: މާލެ ސިޓީ ކައުންސިލް
މާލޭގެ މަގުތަކުގެ ކާނުތައް ސާފު ކުރުމުގެ ތެރެއިން، ފޮޓޯ: މާލެ ސިޓީ ކައުންސިލް
މާލޭގެ ގިނަ މަގުތަކުގެ ކާނުތައް ސާފުކޮށް ނިމިފައިވާކަން ލޯކަލް ގަވަމެންޓް މިނިސްޓްރީން ހާމަކޮށްފިއެވެ.

މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މާލޭގެ މަގުތަކުގެ ކާނުތައް ސާފުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އޮލިމްޕަހުން ފެށިގެން ރަސްފަންނާ ހަމައަށް މަޖީދީމަގުގެ ދެފަޅީގައިވާ ކާނުތައް ސާފުކޮށް ނިންމާލާފައި ވާކަމަށެވެ.

އަދި މިއަދުން ފެށިގެން ކުރިއަށްދާނީ މަޖީދީމަގުގެ އޮލިމްޕަހުން ފެށިގެން ހެންވޭރާ ދިމާއަށް ހުރި ކާނުތައް ސާފު ކުރުމުގެ މަސައްކަތް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ރަމަޟާންމަހު މި މަސައްކަތް ކުރަނީ ކޮންމެ ދުވަހެއްގެ ހެނދުނު 9.00 އިން މެންދުރު ފަހު 2.00 އަށެވެ.



ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން މާލޭގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވާ އުނދަގޫތައް ކުޑަކުރުމުގެ ގޮތުން މާލޭގެ މަގުތަކުގައި ހަދާފައިވާ ކާނުތައް ސާފުކުރުމުގެ މަސައްކަތް ފަށާފައިވަނީ މިމަހު 8 ވަނަ ދުވަހުއެވެ.

މި މަސައްކަތް ނިމޭއިރު މާލޭގައި ފެންބޮޑުވާ މައްސަލައަށް ކޮންމެވެސްވަރެއްގެ ހައްލެއް ލިބޭނެ ކަމަށް މިނިސްޓްރީން ވަނީ މީގެ ކުރިން ބުނެފައެވެ.

އަދި މި މަސައްކަތް 6 މަސް ދުވަސްތެރޭ ނިންމާލެވޭނެ ކަމަށްވެސް މިނިސްޓްރީން ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން