ސްޓެލްކޯ
ސްޓެލްކޯ
ވޭތުވެދިޔަ ހަތް އަހަރުގެ ތެރޭގައި ސްޓެލްކޯއަށް އެންމެ ބޮޑު ފައިދާއެއް ލިބުނީ މިދިޔަ އަހަރު ކަމަށް އެ ކުންފުނީގެ ހިސާބުތަކުން ދައްކައިފިއެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައި ބުނެފައިވަނީ ސްޓެލްކޯއަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 137.9 މިލިޔަން ރުފިޔާ ލިބިފައިވާ ކަމަށެވެ. އެހެންކަމުން 2024 ވަނަ އަހަރަކީ ވޭތުވެދިޔަ ހަތް އަހަރުގެ ތެރޭގައި ސްޓެލްކޯއަށް ފައިދާގެ ގޮތުގައި އެންމެ ރަނގަޅު ޢާމްދަނީއެއް ލިބުނު އަހަރެވެ.

ފަހުމީ ހިއްސާ ކުރެއްވި ތަފާސްހިސާބުތައް ދައްކާގޮތުން 2018 ވަނަ އަހަރު ސްޓެލްކޯއަށް 105 މިލިޔަން ރުފިޔާގެ ފައިދާއެއް ލިބިފައިވާއިރު، 2020 ވަނަ އަހަރު އެ ކުންފުންޏަށް ފައިދާގެ ގޮތުގައި ލިބިފައި ވަނީ 130 މިލިއަން ރުފިޔާ އެވެ.

އަދި 2021 ވަނަ އަހަރު ސްޓެލްކޯގެ ފައިދާ ވަނީ 104.7 މިލިއަން ރުފިޔާއަށް ދަށްވެފައެވެ. އޭގެފަހުން 2022 ވަނަ އަހަރު ސްޓެލްކޯއަށް 106.8 މިލިޔަން ރުފިޔާގެ ފައިދާއެއް ލިބިފައިވާއިރު 2023 ވަނަ އަހަރު އެ ކުންފުންޏަށް ލިބިފައި ވަނީ 171.9 މިލިއަން ރުފިޔާގެ ގެއްލުމެކެވެ.



ނަމަވެސް މިދިޔަ 2024 ވަނަ އަހަރު 137.9 މިލިޔަން ރުފިޔާގެ ފައިދާއަކާއެކު ސްޓެލްކޯއިން ވަނީ 180.2 އިންސައްތައިގެ ކުރިއެރުމެއް ފައިދާގެ ގޮތުގައި ހޯދާފައެވެ.

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވެފައިވަނީ މިދިޔަ އަހަރު އެކުންފުނީގެ މާލީ ނަތީޖާ ރަނގަޅުވެފައި ވަނީ ހިންގުމުގެ ނިޒާމު ހަރުދަނާ ކުރުމާއެކު އިސްރާފު ކުޑަކޮށް، ލިބިފައިވާ ވަސީލަތްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމުގެ ސަބަބުން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން