ބ. އަތޮޅުގައި 1،000 އަށްވުރެ ގިނަ މީހުން ފީނައިގެން ދުނިޔޭގެ ރެކޯޑެއް ހަދަން ތައްޔާރުވާން ފަށައިފި އެވެ.
މި ރިކޯޑް ހެދުމަށް މަސައްކަތް ކުރަނީ ބ. އަތޮޅު އަނގަފަރު ސަރަަހައްދަށް އެއް ފަހަރާ 1،000 އަށް ވުރެ ގިނަ މީހުން ޖަމާވެ، ފީނައިގެންނެވެ.
ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާ ގުޅުވައިގެން އޮކްޓޯބަރު މަހުގެ ތިނެއްގައި "ބާނި" ގެ ނަމުގައި މި ހަރަކާތް ކުރިއަށް ގެންދިއުމަށްޓަކައި ބ. އަތޮޅު ކައުންސިލާ ފްރީޑައިވް މޯލްޑިވްސްއާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއި ވެސް ކޮށްފަ އެވެ.
މި ހަރަކާތުގައި ބ. އަތޮޅުގެ ރައްޔިތުންނާއި އެ އަތޮޅުގައި ހިންގާ ރިސޯޓުތަކުގެ އިތުރުން ޝައުގުވެރިވާ އެހެން ފަރާތްތަކަށް ވެސް ބައިވެރިވުމުގެ ފުރުސަތު ދޭން ވަނީ ނިންމައިފަ އެވެ.
އެ އަތޮޅު ކައުންސިލުން ބުނި ގޮތުގައި މި ހަރަކާތުގެ ބޭނުމަކީ ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ދުނިޔޭގެ ސަމާލުކަމަށް ގެނައުމާ އެކު ބ. އަތޮޅަކީ ޝައުގުވެރި އެތައް ކަމެއް ހުރި އަތޮޅެއްގެ ގޮތުގައި އިޝްތިހާރު ކުރުމެވެ.
ބ. އަތޮޅަކީ މިހާރު ވެސް ބަޔޮސްފިއާ ރިޒާވެއްގެ ގޮތުގައި މަޝްހޫރު އަތޮޅެކެވެ.

ކިޔުންތެރިންގެ ހިޔާލު