ކަނޑުމަގުން ހަތް ކިލޯގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރަން އުޅުނު ބިދޭސީންގެ ވަނަވަރު އާންމުކޮށްފި އެވެ.
ކަސްޓަމްސްއާއި އެމްއެންޑީއެފް އަދި ފުލުހުން ގުޅިގެން މިދިޔަ ހުކުރު ދުވަހު ހިންގި އޮޕަރޭޝަނެއްގައި އެ މަސްތުވާތަކެތި އަތުލައިގަތީ މާލެ ސަރަހައްދުގައި އުޅުނު ބޯޓަކުން ނެވެ.
އެ ބޯޓުން އިންޑިއާގެ ހަތް މީހަކާއި އިންޑޮނީޝިއާގެ ތިން މީހަކު އަތުލައިގަތެވެ. އަދި މިއަދު ފުލުހުން ވަނީ އެ މީހުންގެ ފޮޓޯތަކާއެކު ވަނަވަރު އާންމުކޮށްފަ އެވެ.
އޭގެ ތެރޭގައި ހިމެނެނީ އިންޑޮނީޝިއާއަށް ނިސްބަތްވާ ނަސްވަން އާދިލް (30އ) އާއި އެޑްރިއަންސަޔާ (25އ) އާއި މުޙައްމަދު އިގުބާލް މަކްރޫމް (30އ) އެވެ. އަދި އިންޑިއާއާގެ ރައްޔިތުން ކަމަށްވާ ޕްރަބާކަރަން ނަގަރާޖަން (35އ) އާއި ރޯމަންސް ސަންތިޔާ ފެނާންޑޯ (58އ) ގަނޭޝް ބޮމްމާލީ (22އ) އާއި ޑަތުކިލޭ ދަރްޝަން ވިޖޭ (22އ) އާއި ޕީޓާ ވިނީ (28އ) އާއި ސަރަން ޕަދްމަން (28އ) އަދި ގޯސިކް ރާޖް ޖޭމްސް ނޮކްސް (30އ) ވެސް ހިމެނެ އެވެ.
އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 5 މީހަކު 5 ދުވަހަށް އަދި 5 މީހަކު އެއް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. އެއް ދުވަހަށް ބަންދުކުރުމަށް އަމުރު ކުރި މީހުންގެ ބަންދު އިތުރު ކުރުމަށް މިއަދު ހާޒިރު ކުރުމުން އެކަކަށް އިތުރު 3 ދުވަހު އަދި ހަތަރު މީހަކު 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު