ޝަމްއާން-
ޝަމްއާން-
ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު ޝަމްއާން ވަހީދުގު އާއިލާގެ މީހެއްގެ ފޯނު ހިފަހައްޓައިފި އެވެ.

ޝަމްއާންގެ އަމުރަށް ބިދޭސީއަކު ދަންވަރުގެ ވަގުތެއްގައި މިނިވަންކުރި މައްސަލައިގައި އޭނާ މަގާމުން ވަކިކޮށް އޭނާ މިހާރު ހުރީ ބަންދުކޮށްފަ އެވެ. އަދި ކޯޓުން ވަނީ ބަންދު އަމުރުގައި މިހާރު 15 ދުވަސް ޖަހާފަ އެވެ.

ފުލުހުން މިއަދު މީޑީއާތަކާ ހިއްސާކުރި މެސެޖުގައި ބުނީ ކޯޓު އަމުރެއްގެ ދަށުން ޝަމްއާންގެ އާއިލާގެ މީހެއްގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. ނަމަވެސް އެއީ ޝަމްއާންގެ އާއިލާގެ ކާކުތޯ، "ރަސް"އިން ސުވާލުކުރުމަށް ފުލުހުން ވަކި އެއްޗެއް ނުބުނެ އެވެ.

ފުލުހުން އިތުރަށް ބުނީ އިމިގްޜޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށްގެން ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު ފާއިދާ ހޯދާ މައްސަަލައިގައި ކޯޓު އަމުރެއްގެ ދަށުން ދެ މީހަކު ފުރުންވެސް މަނާކޮށްފައިވާ ކަމަށެވެ.

ޝަމްއާން ހައްޔަރުކުރި މައްސަލައިގައި ކުރިން ފުލުހުން ބުނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ޑިޓެއިންކުރަން އާންމުކޮށް ހަރަކާތްތެރިވާ ޓާސްކް ފޯސް އަދި ރިސްކު މެނޭޖްމަންޓު ސެކްޝަން ނޫން، އެެހެެން ސެކްޝަންތަކެއްގައި އުޅޭ މުވައްޒަފުންތަކެއް، މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް ބިދޭސީ މަސައްކަތްތެރިން އުޅޭ ގެއެއް ބަލައި ފާސްކުރިކަން ފުލުހުން ހޯދި ހޯދުންތަކުން އެނގިފައިވާ ކަމަށެވެ.

އަދި އެ މުވައްޒަފުން ބަލައި ފާސްކުރި ގެއިން ޑިޓެންޝަނަށް ގެންދިޔަ ބިދޭސީން އަތުގައި ގިނަ އަދަދެއްގެ ނަގުދު ފައިސާ ހުރިކަމަށާއި އެ ބިދޭސީން ޑިޓެންޝަނަށް ގެންދިޔަތާ އެއް ދުވަސްފަހުން ޝަމްއާންގެ އަމުރަށް 530،000 ރުފިޔާއާއެކު ޑިޓެންޝަނުގައި ހުރި ބިދޭސީއަކު ދަންވަރުގެ ވަގުތެއްގައި މިނިވަންކުރިކަން ތަހުގީގަށް މިހާތަނަށް ހޯދި ހޯދުންތަކުން އެނގިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން