މާލެ އާއި ހުޅުމާލޭގެ ފެނުގެ ނިޒާމު ގުޅާލުމަށް އަޅާފައިވާ ހޮޅި ޓެސްޓު ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް މޯލްޑިވްސް ވޯޓަރ އެންޑް ސުވެރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ހާމަކޮށްފިއެވެ.
ދައުލަތުގެ މީޑިއާއަށް ދިން އިންޓަވިއުއެއްގައި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދު ވިދާޅުވީ ފެނުގެ ވިޔުގަ ގާއިމުކުރުމަށް ބޭނުންކުރާ ހޮޅި ސާފުކޮށް ދެ ކޮޅުން މިހާރު ގުޅާލާފައިވާ ކަމަށެވެ.
މިހާރު މި ވިޔުގަ ވަގުތީ ގޮތުން ޓެސްޓު ކުރަން ފަށާފައިވާކަމަށް މަތީން ވިދާޅުވިއެވެ. އަދި މި ވިޔުގަ އިން މިހާރު 3،000 ޓަނުގެ ފެން ދައުރުކުރެވޭ ކަމަށާއި، މަސައްކަތް ނިމޭއިރު 20،000 ޓަނުގެ ފެން ދައުރު ކުރެވޭނެ ކަމަށްވެސް މަތީން ވިދާޅުވިއެވެ.
މީގެ އިތުރުން މަތީން ވިދާޅުވީ މި ނިޒާމަށް ގާއިމުކުރަންޖެހޭ ޕަމްޕް ސްޓޭޝަން އިމާރާތުގެ މަސައްކަތް އަންނަ މަހު ނިމޭނެ ކަމަށާއި ޕަންޕް ސްޓޭޝަންގެ މަސައްކަތް ނިމުމުން އެތަނުގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރަންޖެހޭ ކަމަށެވެ.
2016 ވަނަ އަހަރު ފެށިފައިވާ މި މަޝްރޫއުގެ ބައެއް މުހިންމު މަސައްކަތްތައް، ތަފާތު އެކި އެކި ސަބަބުތަކާއި ހުރެ ގިނަދުވަސްތަކެއްވަންދެން ހުއްޓިފައި އޮތުމަށްފަހު، މި މަސައްކަތް އަލުން ފަށާފައިވަނީ 2024 ވަނަ އަހަރުއެވެ.

ކިޔުންތެރިންގެ ހިޔާލު