މަޝްހޫރު ޔޫޓިއުބަރ ޚާލިދު އަލް އަމޭރީ މެދުވެރިކޮށް، ބޭރުގެ ގައުމުތަކަށް ރާއްޖެ އިޝްތިހާރު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ބުނެފިއެވެ.
އެގޮތުން ރާއްޖެ އިޝްތިހާރު ކުރުމުގެ ގޮތުން ރަމަޟާން މަހުގެ ދުވަސްތައް ކުރިއަށްދާ ގޮތް ޚާލިދުގެ ސޯޝަލް މީޑިއާ ޕްލެޓުފޯމުތައް މެދުވެރިކޮށް ދައްކާލެވޭނެ ކަމަށް އެމްއެމްޕީއާރްސީން ވަނީ ބުނެފައެވެ.
އެމްއެމްޕީއާރްސީން ބުނީ މިއީ މެދުއިރުމަތިން ރާއްޖެ އަންނަ ފަތުރުވެރިން އިތުރުކުރުމުގެ ގޮތުން ބޮޑު އޯޑިއަންސަކަށް ރާއްޖޭގެ ރީތިކަމާއި މުއްސަނދި ސަގާފީ ތަރިކަ ދައްކާލުމުގެ ބޭނުމުގައި ކުރިއަށްގެންދާ ހާއްސަ ހަރަކާތެއް ކަމަށެވެ.
ރާއްޖެ އިޝްތިހާރު ކުރުމުގެ ގޮތުން ރާއްޖޭގެ ފަތުރުވެރިކަން ތަޖުރިބާކޮށްލުމުގެ ފުރުސަތުތަކެއް ޚާލިދަށް ދީފައިވާއިރު، އޭނާ ރާއްޖޭގައި ހުންނާނީ މިމަހުގެ 26 ވަނަ ދުވަހާ ހަމައަށެވެ. އޭނާ ރާއްޖެ އައިސްފައިވަނީ އިއްޔެއެވެ.
މި ދަތުރުގައި ޚާލިދުގެ ސޯޝަލް މީޑިއާގައި ކޮންމެ ދުވަހަކުވެސް ރާއްޖެ އިޝްތިހާރު ކުރުމަށް ޕޯސްޓުތައް ހިއްސާ ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މި ޕޯސްޓުތަކުގައި ރަމަޟާން މަހު ރާއްޖޭގައި އޭނާކުރާ ތަޖުރިބާތަކާއި ގޮނޑުދޮށުގައި ރޯދަވީއްލުންފަދަ ސަގާފީ އާދަކާދަތަކާއި މެދުއިރުމަތީގެ ފަތުރުވެރިންނަށް ޚާއްސަ ލަގްޒަރީ ތަންތަން ދައްކުވައިދޭނެކަމަށް އެމްއެމްޕީއާރްސީން ވަނީ ބުނެފައެވެ.
ޚާލިދުގެ ސޯޝަލް މީޑިއާ ޕްލެޓުފޯމުތަކުގައި 21 މިލިއަނަށްވުރެ ގިނަ ފޮލޯވަރުން ތިބެއެވެ.

ކިޔުންތެރިންގެ ހިޔާލު