ރައީސްގެ ހަށިކޮޅުގައި ހުޅުޖަހަން ގޮވާލި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް ކޯޓުން ޖަހައިފިއެެވެ.

ޗެނަލް 13 އިން ގެނެސްދިން ޕްރޮގްރާމެއްގައި ރައީސުލްޖުމްހޫރިއްޔާގެ ހަށިކޮޅުގައި ހުޅުޖަހަން ގޮވާލި 47 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ އިއްޔެއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ހަށިކޮޅުގައި އަލިފާން ޖަހަން ގޮވާލި މީހަކީ ތ. ވިލިފުށްޓަށް ނިސްބަތްވާ މީހެކެވެ.

ޗެނަލް 13 ގެ ލައިވް ޕްރޮގުރާމެއްގައި މީހަކު މިފަދަ ގޮތަކަށް ވާހަަކަ ދެއްކުމާއި ގުޅިގެން އެޗެނަލުންވެސް ވަނީ ބަޔާނެއް ނެރެފައެވެ. ޗެނަލް13އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ގައި ބްރޯޑްކާސްޓު ކުރި ރައްޔިތުންގެ އަޑު ޕްރޮގްރާމަށް ގުޅި ބައިވެރިޔަކު ރައީސް ސޯލިހަށް ނިސްބަތްކޮށް އޭނާ އަށް ފެންނަނީ އެމަނިކުފާނުގެ ހަށިކޮޅުގައި އަލިފާން ޖަހަން ކަމަށް ބުނި ބުނުމަކީ، އޭނާގެ އަމިއްލަ ހިޔާލުގެ މައްޗަށް ދެއްކި ވާހަކައެއް ކަމަށެވެ. ޗެނަލް 13 އިން ވަނީ އެވާހަކަ ބްރޯޑްކާސްޓް ކުރެވުނީތީ ބެލެންތެރިންގެ ކިބައިން މާފަށް ވެސް އެދިފައެވެ.

އެމައްސަލައިގައި ޗެނަލް 13 ގެ އިސްވެރިން ވަނީ ފުލުހަށް ހާޒިރުކޮށްފައެވެ. ރައީސްގެ ހަށިކޮޅުގައި ހުޅުޖަހަން ގޮވާލި މައްސަލަ ބަލަނީ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓުންނެވެ. ރައީސްގެ ހަށިކޮޅަށް އަނިޔާ ދޭން ގޮވާލި މައްސަލަ ބްރޮޑްކޮމް އިން ވެސް އަންނަނީ ބަލަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން