ލ. އިސްދޫގެ ގެއަކުން ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ، ބަޔަކު ހައްޔަރުކޮށްފި އެވެ.
މި ވައްކަމުގެ ރިޕޯޓު ފުލުހުންނަށް ކޮށްފައި ވަނީ އިއްޔެ އެވެ. އެއާއެކު ފައިސާތައް ހޯދުމަށް ހާއްސަ އޮޕަރޭޝަނެއް ވަނީ ފަށާފަ އެވެ.
ފުލުހުން ބުނީ ވައްކަމުގެ އެމައްސަލައިގެ ރިޕޯޓު ފުލުހުންނަށް ކޮށްފައި ވަނީ އިއްޔެ ކަމަށެވެ. އެއާއެކު ގެއްލުނު ފައިސާތައް ހޯދުމަށް ހާއްސަ އޮޕަރޭޝަނެއް އިއްޔެ ހިންގި ކަމަށް ފުލުހުން ބުނެ އެވެ. އިސްދޫ ޕޮލިސް ސްޓޭޝަނާއި، ލ. ގަން ޕޮލިސް ސްޓޭޝަން އަދި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި، އެ ފައިސާތައް ހޯދާފައި ވަނީ ރަށު ތެރޭގައި ވަޅުލާފައި ހުއްޓާ ކަމަށް ފުލުހުން ބުނެ އެވެ.
އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ ސަރަހައްދު ބަލައި ފާސްކޮށް 352،500 ރުފިޔާ (ތިން ލައްކަ ފަންސާސް ދެހާސް ފަސް ސަތޭކަ) ހޯދާފައިވާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ
އެ މައްސަލައާ ގުޅިގެން 29 އަހަރުގެ މީހަކާއި 38 އަހަރުގެ މީހަކު، ކޯޓު އަމުރެއްގެ ދަށުން ވަނީ ހައްޔަރުކޮށްފަ އެވެ. ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު