ޑީއާރުޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ބައްދަލުކުރައްވަނީ: ޖާބިރު ވަނީ ރައީސް އަށް ތައުރީފް ކުރައްވާފަ
ޑީއާރުޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ބައްދަލުކުރައްވަނީ: ޖާބިރު ވަނީ ރައީސް އަށް ތައުރީފް ކުރައްވާފަ
ޑީއާރުޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު (ޗެއަރމަން ޖާބިރު)، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ބައްދަލުވުމާއެކު ރާގު ބަދަލުވެ ކުރިން ރައީސް ޞާލިހަށް އަމާޒުކޮށް ގޮވި ހުތުރު އެއްޗެއްސާއި އެޅުވި ބަދުނާމު ތަކުގެ މަތީންވެސް ހަނދުމަނެތިގެން ހިނގައްޖެ ކަމަށް ދޭހަވާ އިބާރާތަކުން ޖާބިރު ވާހަކަ ދައްކަވައިފިއެވެ.

ރައީސް ސޯލިހާއި ޗެއާމަން ޖާބިރު އާއި ބައްދަލުވީ ހުކުރު ދުވަހު އަވަހާރަވި މަޖިލީހުގެ ކުރީގެ މެންބަރު ހުސައިން މުހައްމަދުގެ ތައުޒިޔާ ފޮތުގައި ސޮއި ކުރައްވަން ރައީސް ސޯލިހް މަޖިލީހަށް އިއްޔެ ކުރެއްވި ޒިޔާރަތުގައެވެ. ޖާބިރު ވަނީ އެތަނުން ރައީސް ޞާލުހާއި ބައްދަލުކުރެއްވި ފޮޓޯ އެއް ޓުވީޓް ކުރައްވައި އެވަގުތު ހިތައް ވެރިވި ޝުޢޫރުތަކާއި ކުރެއްވުނު އިހުސާސްތައް ޓްވިޓަށް ތިރިކުރައްވައި އާންމުންނާ ހިއްސާ ކުރައްވާފައެވެ.

މަޖިލީހުގެ އިދާރާގައި ރައީސް ޞާލިހުގެ ކުރިފުޅު މައްޗަށް އަރާވަޑައިގެން ޖާބިރާއި ހަތަރުކަޅި ހަމަކޮށްލެއްވި ވަގުތު ނަގާފައިވާ އެ ފޮޓޯއާއެކު ކުރެއްވި ޓްވީޓުގައި ޗެއަރމަން ޖާބިރު ވިދާޅުވީ، ރައީސް ޞާލިހާ ބައްދަލުވެވަޑައިގަތުމުން ވަރަށް އުފާވެއްޖެ ކަމަށެވެ. ރައީސް ސޯލިހްގެ ސަރުކާރުގައި ރާއްޖޭގެ އިގްތިސާދު އިންތިހާއަށް ކުރިއަރައިގެން ދިއުމަކީ ޖާބިރުގެ ވަރަށް ބޮޑު އުއްމީދެއް ކަމަށް އޭނާ ވިދާޅުވިއެވެ. ރައީސް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ ބައިވެރިއެއްގެ ގޮތުގައި އެހީތެރިވާން ތައްޔާރަށް ހުންނެވި ކަމަށްވެސް މިފަހަރު ޖާބިރަށް ވަނީ ވިދާޅުވެވިފައެވެ.

"ރައީސް ހުންނެވީ ވަރަށް ގަދަކޮށް، ރައީސްގެ ޒައާމަތުގައި ދިވެހިރާއްޖޭގެ އިގްތިސާދު އިންތިހާއަށް ކުރިއަރައި ދިއުމަކީ އަޅުގަނޑުގެ އެންމެ ބޮޑު އުއްމީދު، އެކަމުގެ ބައިވެރިއަކަށް ވާން މި ހުރީ ތައްޔާރަށް." ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އެކި ދުވަހު އެކި ހާލަތުގައި ހުންނަވައިގެން ރައީސް ޞާލިހަށް ވަގަށް ގޮވައި، އެވަގުތަކު ހިތްޕުޅަށް އަރާވަޑައިގެންނެވި ގޮތަކަށް މުހާތަބު ކުރައްވަމުން ގެންދަވާ ޖާބިރުގެ ޓުވީޓްގައިވެއެވެ.

އިއްޔެ ރައީސް ޞާލިޙަށް ޖާބިރު ތައުރީފު ކުރައްވައި ޓްވީޓެއް ކުރެއްވި ނަމަވެސް، މިފަހަކާ ޖެހެންދެން ސަރުކާރުގެ ސިޔާސަތުތަކަށާއި ރައީސްގެ ނިންމެވުންތަކަށް ޖާބިރު ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. 2023 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ވެސް އިއުލާން ކުރައްވާފައިވާ ޖާބިރު މަޖިލީހުގެ ޖަލްސާ އާއި ޓީވީ ޕްރޮގްރާމްތަކުގައި ރައީސްގެ އިސްތިއުފާ އަށް ގޮވައި ވަގުބަދުނާމު ވެސް ރައީސްގެ އިސްތަށިފުޅުގައި ވަނީ އަޅުވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން