އައްޑޫގެ ރައްޔިތުން އަނދިރީގައި ތިއްބާ އީދަށް މާލެ ދިއްލުމާ ދެކޮޅުކަމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވިދާޅުވެއްޖެ އެވެ.
މި ރޯދަ މަސް ފެށުމުގެ ކުރިންވެސް އައްޑޫގެ ތިން އިންޖީނަކަށް މައްސަލަ ޖެހި ކަރަންޓު ކެނޑޭ މައްސަަލަ އޮތީ ބޮޑުވެފަ އެވެ. އަދި އޭގެ ފަހުން އިއްޔެ އަނެއްކާވެސް އިތުރު އިންޖީނެއްގެ މައްސަލަ ޖެހި އައްޑޫގައި ކަރަންޓު ކަނޑާ ވަގުތު އިތުރުކުރަމުން ނިންމުން އައްޑޫގެ ރައްޔިތުން އިތުރަށް ވަނީ ރުޅިގަދަވެފަ އެވެ.
ނަމަވެސް އައްޑޫގެ ރައްޔިތުން އަނދިރީގައި ތިއްބާ މިފެށޭ އީދަށް ދިއްލަން އުޅޭތީ މެމްބަރު އިބްރާހިމް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.
އަދި އައްޑޫ ރައްޔިތުން އަނދިރީގައި ތިއްބާ ބޮޑު ހަރަދުކޮށްގެން މާލެ ދިއްލުމާ ދެކޮޅު ކަމަށް އިބްރާހިމް އެކްސްގައި ވިދާޅުވި އެވެ.
"އީދު ފާހަގަކުރަން ވާނީ އެންމެހާ ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށްފަހު،" އިބްރާހިމް ވިދާޅުވި އެވެ.
މާލޭގެ އިތުރަށް އަތޮޅު ތެރޭގެ ބައެއް ރަށްތަކުގައި ވެސް އީދަށް ވަރަށް ބޮޑަށް ދިއްލުމަށް ސަރުކާރުން މިހާރު ވަނީ މަސައްކަތް ފަށައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު