ދަޢުލަތުގެ މާލީ ވުޒާރާ
ދަޢުލަތުގެ މާލީ ވުޒާރާ
މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ދަޢުލަތުގެ ޚަރަދަށްވުރެ ޢާމްދަނީ އިތުރުވެފައިވާ ކަމަށް މާލީ ވުޒާރާގެ ހިސާބުތަކުން ދައްކައިފިއެވެ.

މާލީ ވުޒާރާގެ ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖަނަވަރީ ފުރަތަމަ ދުވަހުން ފެށިގެން މާރިޗު މަހުގެ ނިޔަލަށް ދައުލަތަށް 7.8 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ. އަދި މި މުއްދަތުގައި ދައުލަތުން ޚަރަދު ކޮށްފައިވަނީ 6.5 ބިލިޔަން ރުފިޔާއެވެ.

މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި ދަޢުލަތަށް ލިބުނީ 7.4 ބިލިޔަން ރުފިޔާއެވެ. އެހެންކަމުން މިއަހަރު މިވަނީ ދަޢުލަތުގެ ޢާމްދަނީގެ ގޮތުގައި 5.4 އިންސައްތައިގެ ކުރިއެރުމެއް ލިބިފައެވެ.

ދައުލަތަށް އާމްދަނީގެ ގޮތުގައި މިއަހަރު ލިބިފައިވާ 7.8 ބިލިޔަން ރުފިޔާގެ ތެރޭގައި ހިމެނެނީ ޓެކްސްގެ ގޮތުގައި ލިބުނު 6.3 ބިލިޔަން ރުފިޔާ އާއި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބުނު 1.5 ބިލިޔަން ރުފިޔާއެވެ. އަދި މިމުއްދަތުގެ ތެރޭގައި ހިލޭ އެހީގެ ގޮތުގައި 43.9 މިލިޔަން ރުފިޔާ ލިބިފައިވެއެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ދައުލަތުގެ ޚަރަދުތައް 6.5 ބިލިޔަން ރުފިޔާގައި ހުރިއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 16 އިންސައްތަ ދަށް އަދަދެކެވެ. މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ދައުލަތުގެ ޚަރަދުތައް ހުރީ 7.8 ބިލިޔަން ރުފިޔާގައެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ދަޢުލަތުން އެންމެ ބޮޑު ބައެއް ހޭދަކޮށްފައިވަނީ ރިކަރަންޓް ހަރަދުތަކަށެވެ. އެއީ 6.1 ބިލިޔަން ރުފިޔާއެވެ. އަދި ކެޕިޓަލް ހަރަދުތަކަށް 428 މިލިޔަން ރުފިޔާ ހޭދަކޮށްފައިވެއެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ދަޢުލަތުގެ ޚަރަދަށްވުރެ ޢާމްދަނީ އިތުރުވެފައިވާއިރު ދަޢުލަތުގެ ޚަރަދު ކުޑަކުރުމަށް ރާއްޖޭން ރާވާފައިވާ ފިޔަވަޅުތައް ލަސްނުކޮށް ތަންފީޒުކުރަން އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ވަނީ ގޮވާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން