ރާއްޖެ ވެއްޓިފައިވާ އިޤްތިޞާދީ އަނދަވަޅުން އަރައިގަތުމަށް އޮތް ހަމައެކަނި މަގު ބަންދުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ރައްޔިތުން ޖަވާބު ދޭނެ ކަމުގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޗައިނާ ސަރުކާރުން ދިވެހިރާއްޖޭގެ އިދިކޮޅު ފަރާތްތަކަށް ފައިސާ ދީގެން ހަމަނުޖެހުން އުފައްދައި ސިޔާސީ މަސްރަހު ހަލަބޮލިކުރުމަށް މަސައްކަތްކުރާ ކަމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު އަދި ރައްޔިތުން މަޖިލިހުގެ މެދު ހެންވޭރު ދާއިރާ މެންބަރު ޢަލީ ޢާޒިމް ވިދާޅުވި ވިދާޅުވުމަށް ރައްދު ދެއްވަމުން ޝިޔާމް ވިދާޅުވީ ޤައުމު މިއަދު ފުން އަނދަވަޅަކަށް ވެއްޓިފައިކަމަށެވެ.

އިޤްތިޞާދީ މި ފުން އަނދަވަޅުން ނަގާ ޤައުމު ކޮޅަށްޖެހުމަށް އޮތް ހަމަ އެކަނި މަގު ބަންދުކޮށް ނަފުރަތު އުފެއްދުމަށް ކުރަމުންދާ މަސައްކަތަކީ ރައްޔިތުން ބަލައި ގަންނާނެ ކަމެއް ނޫންކަމަށް ޝިޔާމު ވިދާޅުވިއެވެ. އަދި މިކަމުގައި ސަރުކާރުން ކުރަމުންދާ ދޯހަޅި ކަންކަމުގެ ނަތީޖާގެ ބަދަލު ދިވެހި ރައްޔިތުން ތިބީ ދެއްވަން ތައްޔާރަށް ކަމުގައި ޝިޔާމް ވިދާޅުވިއެވެ.

"މި ނާޤާބިލް ސަރުކާރުން ޤައުމު ވައްޓާލައިވާ ފުން އަނދަވަޅުން އަރައިގަންނަން އޮތް ހަމަ އެކަނި މަގު ބަންދުކުރަން ތިޔަކުރައްވާ މަސައްކަތްތައް ރައްޔިތުން ޖަވާބު ދޭނެކަން ޔަގީން." ޝިޔާމް ވިދާޅުވިއެވެ.

ރާއްޖޭގެ އިދިކޮޅު ފަރާތްތަކަށް ޗައިނާއިން ފަންޑުކުރާކަމަށް އާޒިމް ވިދާޅުވެފައިވާއިރު، ދާދިފަހުން ޕީޕީއެމްގެ ނައިބް ރައީސް މުހައްމަދު ސައީދުވަނީ ޗައިނާއަށް ވަޑައިގެން އެޤައުމުގެ އިސް އޮފިޝަލުންނާއި ބައްދަލުކުރައްވާފައެވެ. ނަމަވެސް މިބައްދަލުވުމުގެ އެއްވެސް ތަފްސީލެއް މިކަމާ ގުޅުންހުރި އެއްވެސް ވަރާތަކުން ހާމަކުރައްވާފައެއް ނުވެއެވެ.

ޗައިނާއާއިން އިދިކޮޅު ފަރާތްތަކަށް ފައިސާދީގެން ސަރުކާރަށް ޕްރެޝަރު ކުރުވާކަމަށްބުނެ ސަރުކާރުގެ މައިޕާޓީގެ ޕާލިމަންޓްރީގެ ގްރޫޕްގެ ލީޑަރު ކުރައްވާ މިތުހުމަކީ ވަރަށް ސީރިއަސް އަދި ވަރަށް ބޮޑު ތުހުމަތެކެވެ. އާޒިމް ވިދާޅުވީ ޗައިނާ ސަރުކާރުން ރާއްޖޭގެ ސިޔާސީ ކަންކަމާ މިފަދަ ނާޒުކު ދަނޑިވަޅެއްގައި ބެހުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމުގައެވެ. އަދި އެކަން ހުއްޓުމަށް ޗައިނާ ސަރުކާރުގެ ކިބައިން އެދިވަޑައިގަންނަވާ ކަމުގައިވެސް ޢަލީ ޢާޒިމް ވިދާޅުވިއެވެ.

ސަރުކާރަށް ނިސްބަތްވާ ބޭފުޅުން ޗައިނާއަށް ނިސްބަތްކޮށް މިފަދަ ތުހުމަތުތައް ކުރަމުންދާއިރު، އިދިކޮޅު ފަރާތްތަކުން ދަނީ މިސަރުކާރުން އެންމެ ގާތް ގުޅުމެއް ބާއްވާ އަވަށްޓެރި އިންޑިއާއަށް ނިސްބަތްކޮށް މިފަދަ ސީރިއަސް ތުހުމަތުތަކެއް ކުރަމުންނެވެ. ރާއްޖޭގެތަރައްޤީގެ އެންމެބޮޑު ދެބައިވެރިން ކަމުގައިވާ އިންޑިއާ އަދި ޗައިނާއަކީ އެގި ގޮތް ގޮތުން ވާދަވެރި ދެޤައުމުކަމަށްވާއިރު މިކަމުގެ ނޭދެވޭ އަސަރު ރާއްޖެއަށް ބޮޑުވާނެކަމަށް ގިނަބަޔަކު ދެކެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން