ޑަސްބިން ކޮތަޅުތަކެއްގައި ރާއްޖޭގެ ޑިއުޓީ ފްރީން ސިނގިރޭޓު ކާޓޫނުތަކެއް ބޭރުކުރަން އުޅެނިކޮށް އަތުލައިގެންފި އެވެ.
ކަސްޓަމްސްއިން މިރޭ އެކްސްގައި ބުނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޑިޕާޗާ ޓަރމިނަލުން ނެރެގެން ގެންދަން އުޅުނު ޑަސްބިން ކޮތަޅުތަކެއް ކަސްޓަމްސް އިން ޗެކްކުރި އިރު ސިނގިރޭޓު ކާޓޫނުތަކެއް ފެނުނު ކަމަށެވެ.
އަދި އެ މައްސަލަ މިހާރު ތަހުގީގުކުރަމުންދާ ކަމަށް ވެސް ކަސްޓަމްސްއިން ބުންޏެވެ. އެ މައްސައިގެ އިތުރު ތަފްސީލެއް ކަސްޓަމްސްއިން ނުދެއެވެ. އެހެންވެ އަތުލައިގަތީ ކިހާ ކާޓޫނުތަކެއްކަން ވެސް ނޭނގެ އެވެ.
ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން އެ އަމަލު ހިންގީ ފުލުހެކެވެ. ނަމަވެސް އެކަމާ ގުޅޭގޮތުން "ރަސް"އިން ފުލުހުންނަށް ގުޅުމުން ފުލުހުން އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ނުދެއެވެ.
މިދިޔަ ޑިސެންބަރު މަހު ދުންފަތް ކޮންޓްރޯލްކުުރުމުގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ސިނގިރޭޓުން ޑިއުޓީ ނަގާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުުރުކޮށްފަ އެވެ.
އެހެންވެ ސިނގިރޭޓުގެ އަގު އިންތިހާއަށް ވަނީ އުފުލިފަ އެވެ. އަދި އެއާއެކު ވަގަށް ސިނގިރޭޓު އެތެރެކުރަން އުޅޭ މައްސަލަަތައް ވެސް މި ފަހުން ވަނީ ބޮޑުވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު