ޔަމަންގެ ހޫތީންނަށް ސަޕޯޓްކުރާ ބަޔަކު --
ޔަމަންގެ ހޫތީންނަށް ސަޕޯޓްކުރާ ބަޔަކު --
އެމެރިކާގެ ހަމަލާތައް ވަރުގަދަކުރަން ފެށުމުން ހޫތީންގެ އިސް ލީޑަރުން މޮބައިލް ފޯނު ބޭނުންކުރުން މަނާކޮށްފި އެވެ.

އެމެރިކާގެ ރައީސްގެ މަގާމާ ޑޮނަލްޑް ޓްރަމްޕް ހަވާލުވެވަޑައިގަތުމަށް ފަހު ހޫތީން ވަނީ ޓެރަރިސްޓު ޖަމާއަތުގެ ލިސްޓުގައި ހިމަނައިފަ އެވެ. އަދި ހޫތީންނާ ދެކޮޅަށް ދޭ ހަމަލާތައް ވަނީ ވަރުގަދަކޮށްފަ އެވެ. ނަމަވެސް ހޫތީން ދަނީ އެންމެ އިންޗިއެއްވެސް ދޫނުކޮށް ރައްދު ހަމަލާތަައް ދެމުން ނެެވެ.

އާންމުކޮށް މޮބައިލް ފޯނަކީ މީހުން ތިބޭ ތަންތަން ހޯދުމަށް އެންމެ ފަސޭހައިން ބޭނުންކުރާ ވަސީލަތް ކަމަށްވާތީ ހޫތީގެ ލީޑަރުން އެއްވެސް ގޮތަކަށް މޮބައިލް ފޯނު ބޭނުންކުރުން މިހާރު ވަނީ މަނާކޮށްފަ އެވެ. އަދި އެމެރިކާއިން ދޭ ހަމަލާތަކުގައި ހޫތީންނަށް ލިބޭ ގެއްލުންތައް ހާމަކުރުން ވެސް މިހާރު ވަނީ މަނާކޮށްފަ އެވެ.

ހޫތީންގެ މައިގަނޑު ހަމަލާތައް މިހާރު އަމާޒުކޮށްފައި ހުރީ އިސްރާއިލަށެވެ. ނަމަވެސް އެ ހަމަލާތަކަށް ބޮޑަށް ރައްދުދެނީ އެމެރިކާއިން ނެވެ.

އެމެރިކާއާއި އިސްރާއިލަކީ މުވާސަލާތީ އިކުއިޕްމަންޓްތައް ގެންގުޅޭ ފަރާތްތައް ޓްރެކްކޮށް މީހުން މެރުމުގައި އަރާހުރި ދެ ގައުމެވެ. މިދިޔަ އަހަރު އިސްރާއިލުން ވަނީ ހިޒްބުﷲގެ ޕޭޖަރުތަކެއް ގޮއްވާލައިގެން ގިނަ އަދަދެއްގެ ހިޒްބުﷲގެ މުޖާހިދުން ޝަހީދުކޮށްލައިފަ އެވެ.

އެހެންވެ މުވާސަލާތީ ހިދުމަތްތައް ބޭނުންކުރާ ޔަމަނުގެ ހޫތީންގެ ލީޑަރުންވެސް ޓްރެކްކޮށް ޝަހީދުކޮށްލުމުގެ ބިރު މިހާރު ވަނީ ބޮޑުވެފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން