ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ސުޕްރީމް ކޯޓު ތަމްސީލު ކުރައްވާ ފަނޑިޔާރަކަށް ދާދި ފަހުން އެ ކޯޓަށް އައްޔަނު ކުރެއްވި ހުސައިން ޝަހީދު ހަމަޖައްސަން އެ ކޯޓުން ނިންމައިފިއެވެ.
މީގެ ކުރިން ޖޭއެސްސީގައި ސުޕްރީމް ކޯޓު ތަމްސީލު ކުރެއްވީ ފަނޑިޔާރު ހުސްނުއް ސުއޫދެވެ. ނަމަވެސް ސުލޫކީ މައްސަލަތަކެއް ބަލަން ފަށައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން ސަަސްޕެންޑު ކުރުމާ ގުޅިގެން އޭނާ ވަނީ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވާފައެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހުސައިން ޝަހީދު އައްޔަނު ކުރެއްވީ ސުއޫދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭނާ އެ މަގާމަށް އައްޔަނު ކުރެއްވީ މިމަހު 19 ގައެވެ.
ޖޭއެސްސީގައި ސުޕްރީމް ކޯޓު ތަމްސީލު ކުރާ ފަރާތަކަށްް ޝަހީދު ހަމަޖައްސަން ނިންމާފައިވާ ކަމަށް އެ ކޯޓުގެ އޮފިޝަލަކު ވަނީ ކަށަވަރު ކޮށްދީފަައެވެ.
ފަނޑިޔާރު ޝަހީދު ވަނީ ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަގާމު އަދި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމުވެސް އަދާކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު