ވައިބާ ހެކް ކޮށްގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވަމުންދާތީ އެކަމަށް ސަމާލުވާން މޯލްޑިވްސް ޕޮލިސް ސާވިސް އިން އިލްތިމާސް ކޮށްފިއެވެ.
ފުލުހުންގެ ސައިބާ ކްރައިމް ޑިޕާޓްމެންޓުން ބުނީ ވައިބާ ހެކްކޮށްގެން ރަހުމަތްތެރިންނާއި އާއިލާ މެމްބަރުންގެ އަތުން ފައިސާ ހޯދާ މައްސަލަތައް އިތުރުވަމުންދާކަން އެ އިދާރާއަށް ފާހަގަ ވެފައިވާ ކަމަށެވެ.
އެހެންވެ، ފައިސާ ފޮނުވުމުގެ ކުރިން ކާކުތޯ ޔަގީންކުރުމަށް ފުލުހުން ވަނީ އެދިފައެވެ. އަދި އޯޓީޕީ ކޯޑު އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށްވެސް ފުލުހުން ވަނީ އެދިފައެވެ.
އަދި މެސެޖެއް އަންނަ އިރަށް ރަނގަޅަށް ބަލާނުލާ ފައިސާ ނުފޮނުވުމަށްވެސް ފުލުހުން ވަނީ އެދިފައެވެ.
މީގެ އިތުރުން، ފުލުހުން ވަނީ ސޯޝަލް މީޑިއާ ހެކްކޮށްގެން ނުވަތަ އެކި މީހުންގެ ނަމުގައި ގުޅައިގެން ހިންގާ ސްކޭމްތަކަށް ސަމާލުވުމަށްވެސް އެދިފައެވެ.
ރާއްޖޭގައި ސްކޭމް މައްސަލަތައް އިތުރުވަމުންދާތީ އެފަދަ މައްސަލަތައް ރިޕޯޓު ކުރުމަށް ފުލުހުން ވަނީ ހާއްސަ ކޯލް ސެންޓަރެއް ގާއިމް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު