ފޯޅަޗަހި--
ފޯޅަޗަހި--
ޔަމަނުގެ ހޫތީންނަށް ހަމަލާ ދޭން އެެމެރިކާއިން އެ ގައުމުގެ އަސްކަރީ ބޭހެއް އޮޕަރޭޓްކުރަމުން އަންނަ ފޯޅަވައްސަށް ވަރުގަދަ ހަތިޔާރުތަކެއް ޖަމާކުރަން ފަށައިފި އެވެ.

އިސްރާއިލުން ޣައްޒާގައި ހިންގަމުންދާ ގަތުލު އާންމާ ގުޅިގެން އިސްރާއިލާ ދެކޮޅަށް އެންމެ ވަރުގަދައަށް ހަމަލާ ދެމުންގެންދާ ގައުމަކީ ޔަމަން އެވެ. އެގޮތުން ކޮންމެ ދުވަހަކު ޔަމަނުން އިސްރާއިލަށް ހަމަލާތައް ދެމުންދާއިރު އިސްރާއިލާއި އެމެރިކާއަށް ވެސް ޔަމަން ހުއްޓުވުމުގައި ވަނީ ނާކާމިޔާބުވެފަ އެވެ.

އަދި ހާއްސަކޮށް ޔަމަނުން އެމެރިކާގެ އެއާ ކްރާފްޓްތަކަށް ހަމަލާ ދެމުންދާތީ ޔަމަނަށް ހަމަލާތައް ދިނުމުގައި ވަނީ ގޮންޖެހުންތައް ކުރިމަތިވެފަ އެވެ.

އެހެންވެ އެމެރިކާއިން މިހާރު ދަނީ ޔަމަނާ 3500 ކިލޯމީޓަރަށް ވުރެ ދުރުގައި އޮންނަ ފޯޅަވައްސަށް ބީ-3 ސްޓެލްތު ބޮމްބްސް ޖަމާކުރަމުން ނެވެ. ފޯޅަވަހި ޔަމަނާ މާ ދުރުުގައި އޮންނާނީ ހޫތީންނަށް ސީދާ ފޯޅަވައްސަށް ހަމަލާ ދިނުމުގައި ގޮންޖެހުންތައް ކުރިމަތިވާނެ އެވެ.

އެހެން ނަމަވެސް ހޫތީންއަށް މަދަދުދޭ އިރާނުގެ އަތުގައި 4000 ކިލޯ މީޓަރު ދުރަށް ވެސް ހަމަލާ ދެވޭވަރުގެ ޑްރޯންއާއި މިސައިލް ހުރުމުން ހޫތިން ހުއްޓުވޭނެ ކަމުގެ ސީދާ ޔަގީންކަމެއް ނެތެވެ.

އެމެރިކާއިން އިސްރާއިލުގެ ދިފާއުގައި ޔަމަނަށް ދޭ ހަމަލާތައް ވަރުގަދަކުރުމުން ހޫތީން ވެސް އިސްރާއިލަށް ދޭ ހަމަލާތައް ވަނީ އިތުރަށް ވަރުގަދަކޮށްފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން