ވަގަށް ސނގިރެޓް ކާޓާން ބޭރުކުރަން އުޅުނު މައްސަލައިގައި ހައްޔަރުކުރި އައިހަމް--
ވަގަށް ސނގިރެޓް ކާޓާން ބޭރުކުރަން އުޅުނު މައްސަލައިގައި ހައްޔަރުކުރި އައިހަމް--
މިދިޔަ އަންގާރަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިއުޓީ ފްރީއިން ޑަސްބިން ކޮތަޅުތަކެއްގައި ސިނގިރެޓް ކާޓަންތަކެއް ވަގަށް ބޭރުކުރަން އުޅުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި އެވެ.

އެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން އިއްޔެ މ. ސިލްވާ ވެސްޓް/ އަހުމަދު އަފްސަލު (45އ.) އާއި ދަފްތަރު ނަންބަރު އާރުއެސް 14358، ޔޫސުފް ނަޒީރު (38އ.) ހައްޔަރުކުރުމަށް ފަހު ޝަރުތުތަކާއެކު ވަޚދޫކޮށްލާފަ އެވެ.

އޭގެ ފަހުން ފުލުހުން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖުގައި ބުނީ އެ މައްސަަލައިގައި ނ. ވެލިދޫ/ ގަސްކަރަ، މުހައްމަދު އައިހަމް (23އ.) ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ މައްސަލައިގައި އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 10 ދުވަސް ޖަހައިދީފައެވެ.

ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން އައިހަމްއަކީ ސިފައިންގެ މީހެކެވެ. ނަމަވެސް "ރަސް"އިން އެކަމާ ގުޅޭ ގޮތުން ސުވާލުކުރުމަށް ފުލުހުން ވަކި އެއްޗެއް ނުބުނެ އެވެ. އެ މައްސަލައިގައި ހައްޔަރުކޮށް ދޫކޮށްލި ޔޫސުް ނަޒީރު އަކީ ފުލުހެކެވެ.

މިދިޔަ ޑިސެންބަރު މަހު ދުންފަތް ކޮންޓްރޯލްކުުރުމުގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ސިނގިރޭޓުން ޑިއުޓީ ނަގާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުުރުކޮށްފަ އެވެ.

އެހެންވެ ސިނގިރޭޓުގެ އަގު އިންތިހާއަށް ވަނީ އުފުލިފަ އެވެ. އަދި އެއާއެކު ވަގަށް ސިނގިރޭޓު އެތެރެކުރަން އުޅޭ މައްސަލަަތައް ވެސް މި ފަހުން ވަނީ އިތުރުވެފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން