ރާއްޖޭގެ ޖުމްލަ ދަރަނި 73.9 ބިލިއަން ރުފިޔާ އަށް އަރައިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ފިނޭންސް މިނިސްޓްރީ ބުނީ މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ބޭރުގެ ދަރަނި ހުރީ 37.7 ބިލިއަން ރުފިޔާގައި ކަމަށެވެ. އެތެރޭގެ ދަރަނި ހުރީ 36.1 ބިލިއަން ރުފިޔާގަ އެވެ.
ބޭރުގެ ދަރަނި ހުރީ ޖީޑީޕީގެ ނިސްބަތުން ބަލާއިރު 55 ޕަސެންޓުގައި ކަމަށާއި، އެތެރޭގެ ދަރަނި ހުރީ ޖީޑީޕީގެ ނިސްބަތުން ބަލާއިރު 53 ޕަސެންޓުގައި ކަމަށް ފިނޭންސް މިނިސްޓްރީ އިން ބުނެ އެވެ. ފިނޭންސްގެ ތަފާސްހިސާބުތަކުން ހާމަވާ ގޮތުގައި ޖުމްލަ ދަރަނީގެ ނިސްބަތް ހުރީ ޖީޑީޕީ އާއި އަޅާބަލާއިރު 108 ޕަސެންޓުގައެވެ.
ޖޫންމަހުގެ ނިޔަލަށް ރާއްޖޭގެ ޖީޑީޕީ ހުރީ 68.3 ބިލިއަން ރުފިޔާގަ އެވެ. މި ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު ނިމުނު އިރު ރާއްޖޭގެ ޖުމްލަ ދަރަނި ހުރީ 68 ބިލިއަން ރުފިޔާގައި ކަން ފާހަގަކޮށްލެވެއެވެ. މިއަހަރުގެ ފުރަތަމަ ކުއާޓަރގެ ނިޔަލަށް ޖުމްލަ ދަރަނި ވަނީ 69 ބިލިއަނަށް އިތުރުވެފަ އެވެ.
ދެހާސް އަށާރަވަނަ އަހަރު ނިމުނު އިރު ޖުލްމަ ދަރަނި ހުރީ 48.2 ބިލިއަން ރުފިޔާގައި ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. މިއަހަރުގެ ދެވަނަ ކުއާޓަރުގެ ނިޔަލަށް ރާއްޖޭގެ ދަރަނި ގާތްގަނޑަކަށް 74 ބިލިއަނަށް އަރާފައިވާއިރު ސަރުކާރުން ވަނީ ކޮވިޑް-19 އާއި ގުޅިގެން އެކި ކަންކަމަށް ބޭރުން ގިނަ ލޯނުތަކެއް ނަގާފައެވެ.
ޓޫރިޒަމް ސިނާއަތް ހުއްޓި އާމްދަނީ ލިބޭނެ ގޮތްތައް ހުއްޓިފައިވާއިރު، ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ވަނީ ގިނަ އަދަދެއްގެ ލޯނު ނަގާ ފައިސާ ޗާޕުކޮށްފައެވެ. އެގޮތުން ސެންޓްރަލް ބޭންކުން ވަނީ ހަތަރު ބިލިއަން ރުފިޔާ އޯވާޑްރޯ ކޮށްފައެވެ. މި ހިނގާ 2020 ވަނަ އަހަރު ސަރުކާރުން 12 ލޯނެއް ނަގައިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީ އިން ބުނެ އެވެ.

ކިޔުންތެރިންގެ ހިޔާލު