ސަރުކާރުގެ ވަޒީރުންގެ ތެރެއިން އިންޑިއާ ސިފައިން ތިބުމަށް ތާއީދު ކުރައްވާ ވަޒީރުންނަށާއި، މަޖިލިސް މެމްބަރުންނަށް އިންޑިއާއިން ޑޮލަރުން ޚަރަދު ކުރަމުންދާކަމަށްބުނެ އައްބާސް އާދިލް ރިޒާ ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފިއެވެ.

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ރާއްޖެއިން ފޮނުވާލުމަށް ކުރަމުންދާ މަސައްކަތުގައި އެންމެ ބޮޑަށް އަޑުއުފުލައި ސަރުކާރަށް ކެނޑިނޭޅި ބޮޑެތު ތުހުމަތުތައް ކުރައްވަމުން ގެންދަވާ އައްބާސް އާދިލް ރިޒާ ވިދާޅުވީ އިންޑިޔާއިން ދަނީ އެޤައުމުގެ ސިފައިން ރާއްޖޭގައި ބޭތިއްބުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރަމުންނެވެ. އެކަމުގައި ކުރަންޖެހޭ ހޭދަ ކުރުމުގައި އިންޑިއާއިން އެއްވެސް ވަރަކަށް ފަހަތަށް ނުޖެހޭކަމަށް އައްބާސް ވިދާޅުވިއެވެ.

އިންޑިއާ ސިފައިން ބޭލުމަށް ކުރަމުންދާ މަސައްކަތުގައި މިހާތަނަށްވެސް ކާމިޔާބު ނުލިބުމަށް ދިމާވެފައިވާ އެންމެ ބޮޑު ހުރަހަކީ އިންޑިއާއިންދޭ ކަޅު ފައިސާގައި ދައުލަތުގެ ބައެއް ވަޒީރުންނާއި މެމްބަރުން ޖެހުންކަމަށް އައްބާސް ވަނީ ތުހުމަތު ކުރައްވާފައެވެ. އެގޮތުން ވަޒީރުންގެ ތެރެއިން އިންޑިއާ ސިފައިން ރާއްޖޭގައި ބޭތިއްބުމަށް ތާއީދު ކުރައްވާ ވަޒީރުންނަށާއި، މަޖިލިސް މެމްބަރުންނަށް ކޮންމެ މަހަކު އިންޑިއާއިން ޚަރަދު ކުރަމުންދާކަމަށް އައްބާސްވަނީ ތުހުމަތު ކުރައްވާފައެވެ.

"ސަރުކާރުގެ ވަޒީރުންގެ ތެރެއިން އިންޑިއާ ސިފައިންރާއްޖޭގަ ތިބުމަށް ތާއީދުކުރާ ކޮންމެ ވަޒީރަކަށް މަހަކު 10.000 ޑޮލަރު ދޭ. މަޖުލީސްމެންބަރަކަށް 5000 ޑޮލަރު ދޭ. ސަރުކާގެ އެކި ހިސާބަށް މި ސިޓީއުރަ ދޭ. މިގައުމު ހަލާކުވުމުގެ ތުންފަތް މަތީގަ." އައްބާސް އާދިލް ރިޒާ ވިދާޅުވިއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމާއި ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަށް ރަށްދު ދެއްވައި ރައްޔިތުންގެ މަޖިލީހުގައި ޖަވާބުދާރީވެވަޑައިގެން ވާހަކަ ދައްކަވަމުން ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މިފަދަ ވާހަކަތައް ދައްކަނީ ރާއްޖޭގެ ސުލްހަ ނަގާލައި ހަމަނުޖެހުން އުފައްދައި ރައްޔިތުންގެ ހިތްތަކުގައި ނަފްރަތާއި ބިރުވެރިކަން އުފައްދައި ދިވެހިންގެ މެދުގައި އޮންނަ އަހުވަންތަކަން ނަގާލައި ބައިބައިކުރުމުގެ މަގްސަދުގައި ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން އިންޑިއާ ސިފައިންނާ ގުޅުވައިގެން ދައްކާ ވާހަކަތަކަކީ "ހޮޅި" ވާހަކަތަކެއްގެ ގޮތުގައި އޭނާ ސިފަ ކުރެއްވި އެވެ.

"އެއީ ކުރު މުއްދަތެއްގެ ސިޔާސީ މަންފާއެއް ހޯދައި ވިސްނުންތެރިކަމެއް ނެތި ސިޔާސީ ފަރާތްތައް ދައްކާ ބޭކާރު ވާހަކައެއް. ގައުމީ ވަންތަކަމާ ގުޅިގެންނޭ ކިޔާފައި ޖަހާ ސަކަރާތެއް." މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވީ މަގާމާ ހަވާލުވެވަޑައިގެން އަސްކަރިއްޔާ އޮތް ހާލަތު ދެނެގަތުމަށްޓަކައި ކުރި ދިރާސާގައި އެތަނުގެ ހާލަތު ފެނިވަޑައިގެން ހައިރާންވެވަޑައިގެންނެވި ކަމަށެވެ. ކުރީގެ ސަރުކާރުން އަސްކަރިއްޔާ ބޭނުން ކުރީ ނާޖައިޒު ގޮތުގައި އެކިއެކި މަޝްރޫއުތައް ހިންގަން ކަމަށް މާރިޔާ ވިދާޅުވި އެވެ.

ރާއްޖޭގައި ހަތިޔާރާއިއެކު އިންޑިޔާ ސިފައިން ތިބިކަމަށްބުނެ އިދިކޮޅު ފަރާތްތަކުން ކުރަމުންދާ ތުހުމަތުތަކަށްވެސް ދިފާއީ ބާރުން އިއްޔެ ވަނީ ރައްދު ދީފައެވެ. ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ހަތިޔާރު އެޅި ބޭރު ގައުމެއްގެ ސިފައިންނެއް ނުތިބޭނެ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލު އިއްޔެވަނީ ވިދާޅުވެފައެވެ.

މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލު ވިދާޅުވީ، ރާއްޖޭގައި މިލިޓަރީ ބޭސް އެއް ނެތް ކަމަށާއި، އެއްވެސް ގައުމެއްގެ ހަތިޔާރު އެޅި ސިފައިންވެސް ނެތް ކަމަށެވެ. އެހެން ނަމަވެސް ހިއުމަނިޓޭރިއަންއާއި އެކި ކަހަލަ ޓެކްނިކަލް މަސައްކަތް ކުރާ ބޭރު ގައުމު ތަކުގެ ސިފައިން ރާއްޖޭގައި އެބަތިބި ކަމަށް ޝަމާލުވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު


2

ސަޢީދު

08-Sep-2020

އައްބާސްއަށްއެހެންބުނަންއިނގުނީއެސޮރައްވެސްކެވިފައިހުރީމައަހަރުންނަނޭގޭދޯ ޔާގުންޑާގެސަރުކާރުގައިނެތްދޫކޮށްލާނެމީހެތް


-4

އޭޖީ މުސާ

08-Sep-2020

ހެހެއްހެއް ބޮޑު ހިނިގަޑެއް . .. ތިޔަ އައްބާހޭ ރިޒާއޭ ކިޔާ މީހާ ކައްތިރި ބަވަނަ އަކަޔަންބޯ މަމޮޅު ވައިއަނގަ ތަކުރު އެއިން ތަނަކަށް ވައްދާފައި ޑޮލަރ ހުސްކުރި ބަސްތާއަކަށް ދެތިން ކިލޯގެ އިންޑިޔާ ގޮދަން އަޅާފާފާ ހަދިޔާކޮށްލީމާ މައިތިރި ވެދާނެ. އެކަން ނުވެގެން ތަނަކަށް މައިތިރި ނުވެގެން އުޅޭކަމަކީ.



ޓްރެންޑިން