މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، ފޮޓޯ: ގޫގުލް
މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، ފޮޓޯ: ގޫގުލް
ޝައްވާލު މަހުގެ ހަނދު ބެލުމާ ގުޅޭ ގޮގުން އޮޅުން އަރާ ފަދަ ގޮތަކަށް މައުލޫމާތު ނުފެތުރުމަށް އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިލްތިމާސް ކުރައްވައިފިއެވެ.

މިނިސްޓަރ މިހެން އިލްތިމާސް ކުރައްވާފައި މިވަނީ މި އަހަރުގެ ކުޑަ އީދު ދުވަހާ މެދު ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމާއި ޑރ. ހަސަން ހަމީދާ ދެ ބޭފުޅުންގެ ހިޔާލު ތަފާތު ވެފައި ވަނިކޮށެވެ.

މިކަމާ ގުޅިގެން މިނިސްޓަރ ވިދާޅުވީ، ތަރި އިރު އަދި ހަނދާ ގުޅިގެން ފަލަކީ އިލްމުގެ ދާއިރާގައި ބަހުސްކުރުމަކީ މައްސަލައެއް ނޫން ކަމަށެވެ. އެހެންނަމަވެސް އެކަން ކުރަންވާނީ އާންމު މަސްލަހަތަށް އަސަރުނުކުރާނެ ގޮތަށް ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ހާއްސަ ގޮތެއްގައި ރަމަޟާން މަހާއި ޝައްވާލުމަހުގެ ހަނދުގެ ކަންކަމަކީ އޭގެ މައްޗަށް ޝަރުއީ އަޙްކާމުތަކެއް ތަރުތީބުވާ ކަންކަން ކަމަށް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. އެހެންވެ، މި ކަމުގައި ރައްޔިތުންނަށް އޮޅުން އަރައި ޝައްކު އުފެދޭ ގޮތަށް ކަމާ ނުގުޅޭ ފަރާތްތަކުން ވާހަކަދެއްކުމަކީ މުޖްތަމައުގެ މަސްލަހަތު ގެއްލިދާނެ ކަމެއް ކަމުގައި މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ ރާއްޖޭގައި ކަނޑައެޅިފައި އޮންނަ އުސޫލުތަކުގެ ތެރެއިން މިނިސްޓްރީން ހަނދު ސާބިތުކުރުމުގެ ކަންކަން ކުރިއަށް ގެންދާނެ ކަމަށެވެ. އެހެންކަމުން އެއްވެސް ފަރާތަކުން އަމިއްލައަށް ރޯދަ ނުވަތަ އީދު އިއުލާނު ނުކުރަން މިނިސްޓަރ ވަނީ އިލްތިމާސް ކުރައްވާފައެވެ.

ރައީސް މައުމޫން ވިދާޅޫވާގޮތުން ފިތުރު އީދު ވާނީ މާދަމާއަށެވެ. އެހެންނަމަވެސް ހަސަން ހަމީދުގެ ހޯދުންތަކުން އީދު ވާނީ ހޯމަ ދުވަހަށް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މިއާއެކު މި ބަހުސް ދިވެހީންގެ ތެރޭގައި ވަނީ ފެށިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން