ތިން ރަށެއްގެ ރިހެބިލިޓޭޝަން ސެންޓަރުތައް އިމާރާތް ކުރުމުގެ މަސައްކަތް ނޭޝަނަލް ޑްރަގް އެޖެންސީން ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލު ކޮށްފިއެވެ.
އެގޮތުން އާރްޑީސީއާއި ހަވާލު ކުރެވިފައިވަނީ ނ. ވެލިދޫ، ކ. ކާށިދޫ އަދި ލ. ގަމުގައި ކޮމިއުނިޓޯ ބޭސްޑް ރިހެބިލިޓޭޝަން ސެންޓަރުތައް އިމާރާތް ކުރުމުގެ މަސައްކަތެވެ.
މިއީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މަސްތުވާތަކެއްޗަށް ފަރުވާދޭ މަރުކަޒުތައް ގާއިމު ކުރުމުގެ ގޮތުން ސަރުކާރުން ހިންގަމުންދާ މަޝްރޫއުގައި ހިމެނިގެން ކުރެވޭ މަސައްކަތެކެވެ.
މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ޑްރަގުގެ ވަބާއަކީ ޤައުމުގެ އިޤުތިޞާދު ކުރިއެރުވުމަށް އޮތް ބޮޑު ހުރަހެއް ކަމަށެވެ. އެހެންކަމުން ރައީސް ވަނީ މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް، ކޮމިއުނިޓީ ރީހެބިލިޓޭޝަން ޕްރޮގްރާމް ހިންގުމަށް ވައުދުވެ ވަޑައިގެންފައެވެ.

ނ.ވެލިދޫ، ކ.ކާށިދޫ އަދި ލ.ގަމުގައި ޤާއިމުކުރެވޭ ކޮމިޔުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ސެންޓަރ އިމާރާތްކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ނެޝަނަލް ޑްރަގް އޭޖެންސީ އާއި މި ކޯޕަރޭޝަނާއި ދެމެދު މިރޭ ވަނީ ސޮއި ކުރެވިފައެވެ.#RoadhaigeRoohu #TeamRDC pic.twitter.com/JghRZH09BW
— Road Development Corporation Ltd (@rdcmaldives) March 28, 2025
މިއީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މަސްތުވާތަކެއްޗަށް ފަރުވާދޭ މަރުކަޒުތައް ގާއިމު ކުރުމުގެ ގޮތުން ސަރުކާރުން ހިންގަމުންދާ މަޝްރޫއުގައި ހިމެނިގެން ކުރެވޭ މަސައްކަތެކެވެ.
މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ޑްރަގުގެ ވަބާއަކީ ޤައުމުގެ އިޤުތިޞާދު ކުރިއެރުވުމަށް އޮތް ބޮޑު ހުރަހެއް ކަމަށެވެ. އެހެންކަމުން ރައީސް ވަނީ މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް، ކޮމިއުނިޓީ ރީހެބިލިޓޭޝަން ޕްރޮގްރާމް ހިންގުމަށް ވައުދުވެ ވަޑައިގެންފައެވެ.
ކިޔުންތެރިންގެ ހިޔާލު