ކެފޭ އުސޫލުން މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދިޔަ 14 ތަނެއް އަހަރުގެ މިހާތަނަށް އައިއިރު ބަންދު ކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ހާމަ ކޮށްފިއެވެ.
ދައުލަތުގެ މީޑިއާއަށް މައުލޫމާތި ދެމުން ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް، އަހުމަދު ނާއިފް ވިދާޅުވީ މަސްތުވާތަކެއްޗާ ދެކޮޅަށް ދިވެހި ފުލުހުންގެ ހިދުމަތުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މިމަހުގެ 15 ވަނަ ދުވަހާ ހަމައަށް 14 ތަނެއް ބަންދުކުރެވިފައިވާ ކަމަށެވެ.
އަދިވެސް މާލޭގައި 6 ވަރަކަށްތަން އެކްޓިވް ކަމަށާއި އެތަންތަން ބަންދުކުރުމަށް ގޮންޖެހުންތަކެއް ހުރިކަމަށް ނާއިފް ވިދާޅުވިއެވެ.
އެގޮތުން މިފަދަ ތަންތަން ބަންދު ކުރުމަށް ހުރި ގޮންޖެހުންތަކުގެ ތެރޭގައި ގޭގެ ބެހެނިވެރިން އިތުރުވުމާއި އާއިލީ މީހުން ހެކިބަސް ދިނުމުގައި ފަސް ޖެހުން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ގިނަ ބަޔަކަށް އެގްރިމަންޓްކޮށްފައި ހުރުމުން ފިޔަވަޅު އަޅަން ޖެހޭ ފަރާތް ދެނެގަތުމުގައި ހުރި ގޮންޖެހުންތައްވެސް ހިމެނޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އެންމެ ބޮޑަށް ދިމާވާ ގޮންޖެހުމަކީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނު މިހާރު އޮތްގޮތުން ހުރި ގޮންޖެހުންތައް ކަމަށް ނާއިފް ވިދާޅުވިއެވެ. ނާއިފް ވިދާޅުވީ އެކަންތައް ހައްލު ކުރެވޭނީ މަސްތުވާތަކެއްޗާބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކާއެކު ކަމަށެވެ.
ނާއިފް ވިދާޅުވީ ތަފާތު އެކި ގޮތްގޮތަށް ކެފޭގެ އުސޫލުން މަސްތުވާތަކެތީގެ ހިދުމަތްދޭ ތަންތަން އޮޕަރޭޓް ކުރާކަމަށެވެ.
އެގޮތުން، ގޭގައި މަސްތުވާތަކެތި ބޭނުންކުރާ މީހަކު ހުންނަ ނަމަ އޭނާއަށް މަހުން މަހަށް ފައިސާ ލިބޭގޮތަށް ނުވަތަ މަސްތުވާތަކެތި ލިބޭގޮތަށް އެތަނުގައި ކެފޭގެ އުސޫލުން މަސްތުވާތަކެތި ވިއްކުމުގެ ފުރުސަތު ދޭކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކުށްކުރުމުގައި ހަރަކާތްތެރިވާ ޖަމާއަތްތަކުން ގޭގެ ވެރިފަރާތައް ބިރު ދައްކައިގެން އެފަދަ ތަންތަން ހިންގާކަން ފާހަގަކުރެވިފައިވާ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
މާލެ ސަރަހައްދުގައި ކެފޭ އުސޫލުން މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަން ދިވެހި ފުލުހުންގެ ހިދުމަތުގެ ސަމާލުކަމަށް އައީ ކޯވިޑުގެ ތެރޭގައެވެ. އެގޮތުން މިހާތަނަށް 60 އަށްވުރެ ގިނަ އެފަދަ ތަންތަން ފާހަގަކުރެވިފައިވާ ކަމަށާއި އޭގެ ތެރެއިން ގިނަ ތަންތަން ބަންދުކުރެވިފައިވާ ކަމަށް ފުލުހުން ވަނީ ހާމަ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު