އެއްވެސް ސިޔާސީ ލީޑަރަކަށް ނުކުރާ އިތުބާރުކޮށް ރައްޔިތުން ރައީސް މުހައްމަދު ނަޝީދަށް މަޖިލީހުގެ ސުޕަމެޖޯރިޓީ ދީފައިވާކަމަށާއި، ސަރުކާރުން ހިންގާ ކޮރަޕްޝަން މަޖިލީހުން ހުއްޓުވަންޖެހޭކަމަށް ކުރީގެ ފޮރިން މިނިސްޓަރ ޑރ.އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.
އިކޮނޮމިކް މިނިސްޓްރީ އާއި އެތަނާ ގުޅުން ހުރި އިދާރާތަކުގެ ޚިދުމަތްތައް އެއް ވިއުގައަކުން ގުޅާލަން ފެށި 6.7 މިލިއަން ޑޮލަރު (100 މިލިއަން ރުފިޔާ)ގެ ނެޝަނަލް ސިންގަލް ވިންޑޯ ޕްރޮޖެކްޓް، ޝަރުތު ހަމަނުވާ ކުންފުންޏަކާ ހަވާލުކުރި ކަމަށްބުނާ މައްސަލަ ބަލައި އެ މަޝްރޫއު އަލުން ބީލަމަށް ހުޅުވާލައިގެން ކުރިއަށް ގެންދަން އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ)ން އަންގާފައިވާކަމަށް ބުނެ ރާއްޖޭގެ ނޫހެއްގައި ލިޔެފައިވާ ލިއުމަކާއި ގުޅިގެން ޑރ.ޝަހީދު ވިދާޅުވީ މިފަދަ ބޮޑެތި ކޮރަޕްޝަން ހުޓުވުމަކީ މަޖިލީހުން ކުރަންޖެހޭ ކަމެއްކަމަށެވެ.
ރާއްޖޭގައި ހަރަކާތްތެރިވާ ސިޔާސީ ލީޑަރުންގެ ތެރެއިން އެއްވެސް ސިޔާސީ ލީޑަރަކަށް ނުކުރާ އިތުބާރު ރައީސް ނަޝީދަށް ރައްޔިތުންކޮށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ދީފައިވާއިރު މަޖިލީހުން މިކަންކަން ބަލަންޖެހޭކަމަށް މިހާރު އަލިފުދާލުގައި މަސައްކަތް ކުރައްވާ ޑރ. ޝަހީދު ވިދާޅުވިއެވެ. އަދި މިފަދަ ބޮޑެތި ކޮރަޕްޝަން ތަކުގައި ސަރުކާރު ޒިންމާދާރުކޮށް ޖަވާބުދާރީ ކުރުމަކީ މަޖިލީހުގެ ޒިންމާއެއްކަމަށްވެސް ޑރ. ޝަހީދު ވަނީ ވިދާޅުވެފައެވެ.
"ސުޕަ މެޖޯރިޓީ ބޭނުންކޮށްގެން މުހައްމަދު ނަޝީދު މިކަމުގައި ސަރުކާރު ފުރިހައަށް އެކައުންޓަބަލް ކުރައްވާނެކަމަށް ހީކުރަން. ރައްޔިތުންވަނީ މަނިކުފާނަށް ވަރަށްބޮޑު އިތުބާރެއް ދީފަ. އެހެން އެއްވެސް ސިޔާސީ ލީޑަރަކަށް އެފަދަ ބޮޑު އިތުބާރެއް ރައްޔިތުން ދީފަައެއް ނެތް. ކޮރަޕްޝަން ހުއްޓުވާ ދެއްވާ." ޑރ. ޝަހީދު ވިދާޅުވިއެވެ.
ކޮރަޕްޝަނަަށް "ޒީރޯ ޓޮލަރެންސް" ގެ ބޯޑު އަޅުވައިގެން ވެރިކަމަށް އައި ސަރުކާރުން ބޮޑެތި ވައްކަންތައް ކުރަމުންދާކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ. އަދި އޮޑިޓަރ ޖެނެރަލް ނެރުއްވާ ރިޕޯޓްތަކާއި މާލީ ބައެއް ވުޒާރާތަކުން ހާމަކުރަމުންދާ ކަންތައްތަކުން ކޮރަޕްޝަންގެ ބޮޑެތި އަމަލުތައް ހާމަވަމުންދާކަން ފާހަގަކުރެވެވެ.
ސިންގަލް ވިންޑޯ ޕްރޮޖެކްޓުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރިކަން ހާމަވުމުން، އަގު ބޮޑު މި މަޝްރޫއު ވެބް ފޮއިންޓެއިން އިން ހޯދީ ފިލިޕީންސްގައި ހުންނަ އެ ކުންފުނީގެ ރިސާޗު ޔުނިޓެއްގެ ނަމުގައި ޑޮކިއުމެންޓް ހުށަހަޅައިގެން ޔޫއޭއީގައި ހުންނަ ވެބް ފޮންޓެއިން ކުންފުނިން ހުރިހާ މަސައްކަތެއް ކުރިއަށް ގެންދާ ގޮތަށް ކަމަށް ވެއެވެ. މި މަޝްރޫއުގައި ބައިވެރިވާ ކުންފުނިތައް ނިސްބަތްވާން ޖެހޭ ގައުމުތަކުގެ ލިސްޓުގައި ޔޫއޭއީއެއް ނުހިމެނެ އެވެ. އެކަމަކު ޕިލިޕީންސް އެ ލިސްޓުގައި އޮތެވެ. ބީލަމުގައި ބައިވެރިވި އެހެން ކުންފުނިތަކުން، ހެއްކާ އެކު، ބުނަމުން އައީ އެ މަޝްރޫއު ހަވާލުކުރީ އާއްމުކުރި ޓެންޑާގެ ޝަރުތުތަކާ މުޅިން ޚިލާފަށް ކަމަށެވެ.
އޭޑީބީގެ އެންގުމާ އެއްގޮތަށް އެ މަޝްރޫއު ނެޝަނަލް ޓެންޑާ ބޯޑުން މިހާރު ވަނީ ކެންސަލް ވެސް ކޮށްފަ އެވެ. މިއީ މާލީ އެހީތެރިކަން ފޯރުކޮށްދޭ ބޭރުގެ ބޮޑު ޖަމާއަތަކުން މިފަދަ ގޮތަކަށް ރާއްޖޭގެ މަޝްރޫއުއެއް ހުއްޓުވި ފުރަތަމަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު