އެމެރިކާގެ ޑިފެންސް މިނިސްޓަރު ޕީޓް ހެގްސެތު، ޖަހާފައިވާ ޓެޓޫއެއްގައި "ކާފިރު" ޖަހާފައި އިނުމުން ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެއްޖެ އެވެ.
ޕީޓްގެ ގައިގައި އަރަބި ބަހުން "ކާފިރު" ޖަހާފައި އިން ޓެޓޫއެއް އިންކަން އެނގުނީ ހަވާއީގައި ކުރިއަށް ދިޔަ އަސްކަރީ ފަރިތަކުރުންތަކެއްގެ ތެރެއިން ނަގާފައިވާ ފޮޓޯތަކުން އެކަން މީޑިއާތަކަށް ތިލަވި ހިސާބުން ނެވެ.
ޕީޓްގެ ގައިގައި އިނީ ހަމައެކަނި "ކާފިރު" ޖަހާފައި އިން ޓެޓޫ އެކަންޏެއް ނޫނެވެ.
އެގޮތުން ހުޅަނގުން މުސްލިމުންނާ ދެކޮޅަށް ސަލީބީ ހަނގުރާމަކުރި ޒަމާނުގައި ބޭނުންކުރި ޝިއާރެއް ކަމަށްވާ "ޑިއުސް ވުލްޓް" ލިޔެފައިވާ ޓެޓޫއެއްވެސް މިނިސްޓަރުގެ ގައިގައި ޖަހާފައި ވެއެވެ.
ޓެޓޫއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެފައިވާ އިރު ފަލަސްތީނުގެ އެކްޓިވިސްޓެއް ކަމަށްވާ ނެރުދީން ކިސްވާނީ ވިދާޅުވީ މިނިސްޓަރަކީ ސީދާ މުސްލިމުންނާ ދެކޮޅު ބޭފުޅެއްކަން ޓެޓޫއިން މުޅިން ސާފުވެއްޖެ ކަމަށެވެ.
އެހެން ނަމަވެސް މިނިސްޓަރުގެ ދިފާއުގައި ނުކުން ބައެއް މީހުން ބުނީ ޓެޓޫއިން ރަމްޒުކޮށްދެނީ މުސްލިމުންނާ ދެކޮޅުކަން ނޫން ކަމަށާއި އޭގެ ބަދަލުގައި ޓެރަރިޒަމްއާ ދެކޮޅުކަން ކަމަށެވެ.
ޕީޓް ޑިފެންސް މިނިސްޓަރުކަމުގައި ހުންނަވައި މިހާރު ވެސް ދަނީ ޔަމަނަށް ވަރަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އެއީ އިސްރާއިލާ ދެކޮޅަށް ޔަމަނުން ހަމަލާ ދޭތީ އެވެ.

ކިޔުންތެރިންގެ ހިޔާލު