ހުޅުމާލޭގައި ހުންނަ އަޒީޒާ މޫސާ މިސްކިތުގައި އީދު ނަމާދުކުރަން ހަވާލުކުރި އިމާމާއި އޭނާގެ ބަދަލުގައި ހަަަމަޖެއްސި އިމާމުވެސް މިސްކިތަަށް ހާޒިރު ނުވި މައްސަަލައިގައި ދެ މީހުން ސަސްޕެންޑްކުރަން އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.
"ރަސް"އަށް އެނގިފައިވާ ގޮތުން ދެ އިމާމުންވެސް އަޒީޒާ މިސްކިތަށް ނުދާތީ މިއަދު އެ މިސްކިތުގައި ނަމާދު ކުރީ ބިދޭސީ އެކެވެ.
އެ މައްސަލައާ ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖުގައި ވިދާޅުވީ ދެ އިމާމުންވެސް މިސްކިތަށް ހާޒިރުނުވާތީ އުޞޫލުގެ ތެރެއިން މައްސަލަ ބަލައި އެ ދެ މީހުން ވެސް ފަސް އަހަރު ދުވަހަށް ރާއްޖޭގެ ހުރިހައި ރަށެއްގައި ހުތުބާ ކިއުމުން ސަސްޕެންޑްކުރަން އަންގާފައިވާ ކަމަށެވެ.
"އިމާމުގެ ބަދަލު އިމާމު ގޮތުގައި ހަމަ ޖައްސާފައިވަނީ މިސްކިތުގައި ހުންނަ އަސްލު އިމާމުކަމުން، މިނިސްޓްރީއަށް ނާންގައި ޖަމާޢަތަށް ހާޒިރުނުވާތީވެ އެމައްސަލަ ވެސް ވަކިން ބަލައި އުޞޫލުގެ ތެރެއިން އިމާމުކަމުގެ ވަޒީފާއިން ސަސްޕެންޑްކުރަން ވެސް ވަނީ ކަމާބެހޭ ޔުނިޓަށް އަންގާފަ." މިނިސްޓަރު ވިދާޅުވި އެވެ.
އަޒީޒާ މިސްކިތަށް ދެ އިމާމުން ވެސް ނުދިއުމުން ގިނަ ބައެއްގެ ފާޑުކިއުން ވަނީ އަމާޒުވެފަ އެެވެ. އިމާމުން މިސްކިތްތަކަށް ނުދިއުމަކީ ރާއްޖޭގައި އާންމުކޮށް ހިނގާކަމެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު