މަސްތުވާތަކެތީގެ މައްސަލަތަކުގައި މިދިޔަ އަހަރު ކްރިމިނަލް ކޯޓުން 20 މީހަކު އުމުރަށް ޖަލަށްލައި 10.2 މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ފުލުހުން ހާމަކޮށްފައިވާ މިދިޔަ އަހަރުގެ ތަފާސްހިސާބުތައް ދައްކާގޮތުން 2024 ވަނަ އަހަރު ކްރިމިނަލް ކޯޓުގައި މަސްތުވާތަކެއްޗާ ގުޅުންހުރި 137 މައްސަލައެއްގައި ވަނީ ގޮތް ނިންމާފައެވެ. އަދި އޭގެތެރެއިން 95 އިންސައްތަ މައްސަލަ ސާބިތުވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
ހަމައެހެންމެ މަސްތުވާތަކެތީގެ މައްސަލަތަކުގައި 20 ފަރާތެއް އުމުރަށް ޖަލަށްލުމަށާއި 10.2 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން މިދިޔަ އަހަރު ވަނީ ހުކުމްކޮށްފައެވެ.
އޭގެއިތުރުން ފުލުހުން ބުނެފައިވަނީ 2023 ވަނަ އަހަރާ އަޅާބަލާއިރު 2024 ވަނަ އަހަރު ޑްރަގް އެންފޯސްމަންޓުން ކާމިޔާބު ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.
އެގޮތުން ބަލައި ފާސްކުރެވުނު މީހުންގެ އަދަދު 9300 އިން 12000 އަށް އިތުރުވެފައިވާއިރު، އަތުލައިގަނެވުނު މަސްތުވާތަކެތީގެ މިންވަރު 123 ކިލޯއިން 654 ކިލޯއަށް އިތުރުވެފައިވެއެވެ.
ހަމައެއާއެކު ކޯޓުގައި ސާބިތުވާ މަސްތުވާތަކެތީގެ މައްސަލަތަކުގެ އަދަދު އިތުރުވެފައިވަނީ ފުލުހުންގެ މަސައްކަތްތަކަށް ގެނެވުނު ބަދަލުތަކާ ގުޅިގެން ކަމަށްވެސް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު