ގދ. ގައްދޫ ފުލުހުންގެ މަރުކަޒުގެ ބިންގާ އެޅުން، ފޮޓޯ: އާރްޑީސީ
ގދ. ގައްދޫ ފުލުހުންގެ މަރުކަޒުގެ ބިންގާ އެޅުން، ފޮޓޯ: އާރްޑީސީ
ހުވަދު އަތޮޅުގެ 5 ރަށެއްގައި އާރްޑީސީން އިމާރާތްކުރާ ފުލުހުންގެ މަރުކަޒުތަކާއި ޕޯސްޓުތަކުގެ ބިންގާ އަޅައިފިއެވެ.

ސަރުކާރުން އާރްޑީސީއާ ހަވާލު ކޮށްފައިވަނީ ގއ. ވިލިގިލި، ގދ. ވާދޫ، ގދ. ފަރެސްމާތޮޑާ، ގއ. ގެމަނަފުށި އަދި ގދ. ގައްދޫގައި ފުލުހުންގެ މަރުކަޒުތަކާއި ޕޯސްޓުތައް ގާއިމް ކުރުމުގެ މަސައްކަތެވެ.

މި ރަށްރަށުގައި ފުލުހުންގެ މަރުކަޒުތައް އިމާރާތް ކުރުމުގެ ބިންގާ އެޅުމަށް އިއްޔެ އެ ރަށްރަށުގައި ވަކިވަކިން ވަނީ ރަސްމިއްޔާތުތަކެއް ބާއްވާފައެވެ.

އާރްޑީސީން ބުނީ މި ރަސްމިއްޔާތުގައި ގއ. ވިލިނގިލީ ޕޮލިސް އެކޮމަޑޭޝަން، ގދ. ވާދޫ ޕޮލިސް ޕޯސްޓު، ގދ. ފަރެސްމާތޮޑާ ޕޮލިސް ސްޓޭޝަން، ގއ. ގެމަނަފުށި ޕޮލިސް ސްޓޭޝަން އަދި ގދ. ގައްދޫ ޕޮލިސް ސްޓޭޝަންގެ ބިންގާ އަޅާފައި ވާކަމަށެެވެ.

މި ރަސްމިއްޔާތުގައި އާރްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު އަސްބާހު އަލީ ނަސީރު އާއި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢުގެ އިތުރުން ފުލުހުންގެ އިސް ބައެއް އޮފިސަރުން ބައިވެރިވެވަޑައިގެންފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން