ރާއްޖޭގައި އެކަށީގެންވާ ފަރުވާގެ ނިޒާމެއް ގާއިމުކުރެވޭނީ ކޮންމެ މީހަކަށް ވެސް ގާތުން ނަސޭހަތްދީ ވާހަކަދައްކައިގެން ކަމަށް ނެޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) ގެ އެކްޓިން ސީއީއޯ މުޙައްމަދު ރާޝިދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުން ރާޝިދު ވިދާޅުވީ، ރާއްޖޭގައި އެކަށީގެންވާ ފަރުވާގެ ނިޒާމެއް ގާއިމުކުރެވޭނީ ކޮންމެ މީހަކަށް ވެސް ގާތުން ނަސޭހަތްދީ ވާހަކަދައްކައިގެން ކަމަށެވެ. އަދި ކޮންމެ މީހެއްގެ ވެސް މިޒާޖާއި ބޭނުންވާ ކަންކަމަށް ފަރުވާ ދިނުމުގައި ބަލަންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ފަރުވާގެ ނިޒާމުގެ ތެރެއިން މަސްތުވާތަކެތިން އަރައިގަތުމަށް އެހީވެދޭ ކަމަށް ރާޝިދު ވިދާޅުވިއެވެ. އަދި ފަރުވާ ނިމި އަނބުރާ ދިރިއުޅުމައިގެން ކުރިއަށްދިއުމަށް މަގުކޮށައިދޭނެ ކަމަށާއި، އެމީހާއަކީ އަޚުލާގު ރަނގަޅު، ޚުލްގުވެރި މީހަކަށް ހެދުމަށް ފަރުވާގެ ތެރެއިން ޚާއްސަ ސަމާލުކަމެއް ދެމުންދާކަމަށް ވެސް ރާޝިދު ވިދާޅުވިއެވެ.

އެކްޓިން ސީއީއޯ ރާޝިދު ވިދާޅުވީ ފަރުވާގެ ތެރެއިން އެމީހެއްގެ ޒާތީ ދިރިއުޅުމާއި އޭނާ ފޫހިވާ ކަންކަމާއި ޝައުގުތަކުގެ ވާހަކަ ދެއްކުން މުހިންމު ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން