މޯލްޑިވްސް ވޮޓާރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ދޭން ނިންމާފައިވާ އުމްރާ ދަތުރުގެ ނަސީބުވެރިފަރާތް މިއަދު ހޮވާނެ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
"އެކުވެރި ރޯދަ 30" ގެ ނަމުގައި ކުރިއަށް ގެންދިޔަ މި ޕްރޮމޯޝަން އަކީ މިއަހަރު އެމްޑަބްލިއުއެސްސީއަށް 30 އަހަރު ފުރޭތީވެ، އެކަމުގެ މުނާސަބަތުގައި ކުރިއަށް ގެންދިޔަ ޕްރޮމޯޝަނެކެވެ.
އެގޮތުން މި ޕްރޮމޯޝަންގެ ދަށުން އެމްޑަބްލިއުއެސްސީގެ އެޕު މެދުވެރިކޮށް ނިމިދިޔަ ރަމަޟާން މަހު ބިލް ދެއްކި ފަރާތްތަކުގެ ތެރެއިން ނަސީބުވެރި ތިން ފަރާތަކަށް އުމްރާ ދަތުރެއް ލިބުމުގެ ފުރުސަތު ހުޅުވާލެވުނެވެ.
މި ޕްރޮމޯޝަނާ ގުޅިގެން އެމްޑަބްލިއުއެސްސީން އެކްސްގައި ހިއްސާ ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އުމްރާ ދަތުރުގެ ނަސީބުވެރި ފަރާތް ހޮވުމަށް ބާއްވާ ގުރުނެގުން މިއަދު (1 އެޕްރިލް 2025) އޮންނާނެ ކަމަށެވެ.
މި ގުރު ނެގުން ކުރިއަށްދާނީ މިއަދު މެންދުރު 14:30 ގައި، ޕީއެސްއެމް ލައިވް އިން ގެނެސްދޭ "މިވަގުތު" ޕްރޮގްރާމުގައި ކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.
ގުރުއަތުން ހޮވޭ ނަސީބުވެރި 3 ފަރާތަށް ލިބޭ އުމްރާ ދަތުރު، އިއުލާންކުރާ ތާރީހުން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައި ބޭނުންކުރަން ވާނެކަމަށް އެމްޑަބްލިއުއެސްސީން މީގެ ކުރިން ބުނެފައި ވެއެވެ.

Lucky 3 winners of Umrah 3 Dhathuru Promotion will be drawn tomorrow (1st April 2024) live on PSM, Mivaguthu Program at 14:30pm. Stay Tuned! pic.twitter.com/Bv84qBFuFC
— Male' Water and Sewerage Company Pvt. Ltd. (@MWSC_Official) March 31, 2025
ގުރުއަތުން ހޮވޭ ނަސީބުވެރި 3 ފަރާތަށް ލިބޭ އުމްރާ ދަތުރު، އިއުލާންކުރާ ތާރީހުން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައި ބޭނުންކުރަން ވާނެކަމަށް އެމްޑަބްލިއުއެސްސީން މީގެ ކުރިން ބުނެފައި ވެއެވެ.
ކިޔުންތެރިންގެ ހިޔާލު