ދެބެއިންގެ މެދުގައި ހިނގި ޒުވާބެއްގެ ތެރޭގައި މާރާމާރީ ހިންގައި ބޭބެ އަށް ހަމަލާދީ ޒަހަމްކޮށްލި މީހާ ދިވެހި ފުލުހުންގެ ހިދުމަތުން ހައްޔަރުކޮށްފި އެވެ.
އެ މައްސަލައިގައި ހައްޔަރުކުރީ ރ. މަޑުއްވަރީ ބީޗް ހައުސް އިސްމާއީލް އާސިފް، 35، އެވެ.
މިއަދު ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި އެކަން ކަށަވަރުކޮށް ދިން ނަމަވެސް މި މައްސަލައިގެ އިތުރު ތަފުސީލެއް ނުދެ އެވެ. ނަމަވެސް ރޭ 10:30 އެހާކަށްހާ އިރު، ހިނގި މާރާމާރީގެ މައުލޫމާތު ފުލުހުންނަށް ލިބުނީ ރޭ 11:30 އެހާކަށްހާ އިރު ކަމަށް ފުލުހުން ބުންޏެވެ.
އާސިފް ނަމަކަށް ކިޔާ މި މީހާ އޭނާގެ އެއްބަނޑު އެއްބަފާ ބޭބެ މުހައްމަދު މުއީނަށް ވަޅިއަކުން ދިން ހަމަލާގައި ބޮލުގެ ދެ ތަނެއް ޒަހަމްކޮށްލާފައިވެ އެވެ. އޭނާ އަށް ރޭ މަޑުއްވަރީ ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށް ފަހު މެންދަމު 3:20 ހާއިރު ވަނީ އުނގޫފާރު ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.
މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
އާސިފަކީ މީގެ ކުރިންވެސް ވަޅިއަކުން މީހަކަށް ހަމަލާ ދިން މައްސަލައެއްގައި ދިހަ އަހަރުގެ ޖަލު ހުކުމެއްގައި ހުއްޓައި، ދޫކޮށްލާފައިވާ މީހެކެވެ. އެގޮތުން ނޮވެމްބަރު 22، 2019 ގައި ލަނޑާ ނަގަން އުޅުމުގެ ތެރޭގައި މަޑުއްވަރީ، ފެހިއަލި، އިސްމާއިލް ހައްމާދުއާ ދެމެދު އުފެދުނު ދެބަސްވުމެއްގައި އޭނަ އަށް އާސިފު ދޯންޏެއްގެ ތެރޭގައި ވަޅިން ހަމަލާދީ މޫދަށް އެއްލައިލި މައްސަލާގައި ދިހަ އަހަރަށް ޖަލަށް ލާން ހުކުމްކުރީ ސެޕްޓެމްބަރު 2022 ގަ އެވެ.

ކިޔުންތެރިންގެ ހިޔާލު