އެމްޑަބްލިއުއެސްސީއިން ހުޅުމާލޭގައި 10،000 ޓަނުގެ ފެން ރައްކާކުރެވޭ ތާނގީއެއް ބެހެއްޓުމުގެ އަމަލީ މަސައްކަތް ފެށުުން--
އެމްޑަބްލިއުއެސްސީއިން ހުޅުމާލޭގައި 10،000 ޓަނުގެ ފެން ރައްކާކުރެވޭ ތާނގީއެއް ބެހެއްޓުމުގެ އަމަލީ މަސައްކަތް ފެށުުން--
މި އަހަރު ނިމުމުގެ ކުރިން މާލެއާއި ހުޅުމާލޭގައި ފެން ރައްކާކުރެވޭ ކެޕޭސިޓީ 28 އިންސައްތައަށް އިތުރުކުރެވޭނެކަމަށް އެމްޑަބްލިއުއެސްސީން ބުނެފި އެވެ.

އެމްޑަބްލިއުއެސްސީއަށް 30 އަހަރު މިއަދު ފުރުމުގެ މުނާސަބަތާ ގުޅިގެން އެމްޑަބްލިއުއެސްސީން ބުނީ އެ ކުންފުނީގެ އެންމެ މުހިންމު އެއް އަމާޒަކީ ވޯޓަރ ސެކިއުރީޓީގެ ކަންކަން ކަމަށެވެ.

އެގޮތުނ،ް ގްރޭޓަރ މާލެ ސަރަހައްދުގައި އެ ކުންފުނީގެ ފެން އުފައްދާ މައި މަރުކަޒުގެ އިތުރުން މާލޭގެ އެހެން ދެ ސަރަހައްދެއްގައި ފެން އުފައްދާ ދެ މަރުކަޒެއް ގާއިމް ކޮށްފައިވާކަން އެމްޑަބްލިއުއެސްސީން ފާހަގަކުރި އެވެ.

އަދި މާލެއާއި ހުޅުމާލޭގައި ފެން ރައްކާކުރާ އިތުރު ތާނގީތައް ހެދުމާއި އިތުރު ފެން ޕްލާންޓްތައް ބެހެއްޓުމެގެ މަސައްކަތްތައްވެސް ކުރަމުންދާކަން އެމްޑަބްލިއުއެސްސީން ފާހަގަކުރި އެވެ.

"މިގޮތުނ،ް 2025 ވަނަ އަހަރު ނިމޭއިރު ފެން އުފެއްދުމުގެ ކެޕޭސިޓީ 26 ޕަސެންޓަށް އަދި ފެން ރައްކާކުރެވޭ މިންވަރު 28 ޕަސެންޓަށް އިތުރުކުރެވިގެން ދާނެ އެވެ. މީގެ އިތުރުނ،ް މާލެ އާއި ހުޅުމާލޭގެ ފެނުގެ ވިޔުގަ ގުޅާލުމަށް ސިނަމާލެ ބްރިޖްމެދުވެރިކޮށް އަޅާފައިވާ ފެނުގެ މައި ވިއުގަ ޑިސްއިންފެކްޓް ކުރުމާއ،ި ޕްރެޝަރ ޓެސްޓް ކުރުމުގެ މަސައްކަތް ވަނީ ނިމިފަ އެވެ. އަދި މާލެއާއި ހުޅުމާލޭގެ ޓްރާންސްފަރ ޕަމްޕް

ސްޓޭޝަން ޤާއިމު ކުރުމުގެ މަސައްކަތުގެ ބޮޑުބައެއް ވެސް މިހާރުވަނީ ނިމިފަ އެވެ." އެމްޑަބްލިއުއެސްސީން ނެރުނު ބަޔާނުގައި ބުންޏެވެ.

އެމްޑަބްލިއުއެސްސީން ބުނީ އެ މަޝްރޫއު އެއްކޮށް ނިންމާލައި ހުޅުމާލެ އާއި މާލޭގެ ފެނުގެ ވިއުގަ ގުޅާލައި ހިދުމަތްދޭން ފަށާނީ މި އަހަރުގެ ފަހުކޮޅު ކަމަށެވެ. އަދި އެއާއެކު ބޭނުންވެއްޖެ ހާލަތެއްގައ،ި މާލެއިން ހުޅުމާލެއަށް ނުވަތަ ހުޅުމާލެއިން މާލެއަށް ގަޑިއަކު 800 ޓަނުގެ ފެން ޕަންޕުކުރުމުގެ ގާބިލުކަން ލިބިގެންދާނެ ކަމަށްވެސް އެ ކުންފުނިން ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން