ޗައިނާއިން ރާއްޖޭގެ ދާހީލީ އަދި އެތެރޭގެ މަސްލަހަތު ހިމެނޭ ކަންކަމުގެ ތެރެއަށް ނުވަންނާނެކަން ވޭތުވެދިޔަ މާޒީގެ ތެރޭގައި ވަރަށް ރަނގަޅަށް ސާބިތު ކޮށްދީފައި ވާނެ ކަމަށް ވިދާޅުވެ އެމްޑީޕީގެ ތުހުމަތުތައް ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ޖަންގް ލިޖޮން މިއަދު ދޮގުކުރައްވައިފިއެވެ.
ޗައިނާ ސަފީރު މިހެން ވިދާޅުވީ އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީން އިންޑިއާއާ ދެކޮޅު ސިޔާސީ ހަރަކާތްތައް ހިންގަން ޗައިނާއިން ހަރަދު ކުރާ ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ދެެއްކެވި ވާހަކަ ތަކަށް ރައްދު ދެއްވަމުންނެވެ.
ޗައިނާ ސަފީރު ވިދާޅުވީ، ޗައިނާގެ ހާރިޖީ ސިޔާސަތަކީ އެއްވެސް ގައުމެއްގެ ދާހިލީ ކަންކަމުގެ ތެރެއަށް ނުވަދެ ގުޅުން ބަދަހި ކުރުމުގެ ސިޔާސަތެއް ކަމަށެވެ. އެއީ ވޭތުވެދިޔަ މާޒީގެ ތެރެއިން ޗައިނާ އިން ވަރަށް ރަނގަޅަށް ސާބިތު ކޮށްދީފައިވާ ކަމެއް ކަން ސަފީރު ފާހަަގަކުރެެއްވިއެވެ.
"ޗައިނާގެ މި ސިޔާސަތުގެ ހަގީގަތެއް ބަޔަކު ކުރާ ދޮގު ތުހުމަތުތަކާ ގުޅިގެން ބަދަލެއް ނުކުރެވޭނެ. އަދި ގައުމުގެ އެތެރޭގެ ސިޔާސީ ޕާޓީތަކުގެ ގޭމްގެ އުކުޅަކަށް އެކަން ބޭނުން ކުރިޔަސް މި ހަގީގަތް އޮޅުވައެއް ނުލެވޭނެ." ޗައިނާ ސަފީރު ކުރެއްވި ޓުވީޓްގައި ވިދާޅުވިއެވެ.
ޗައިނާ ސަފީރުގެ އިތުރުން އިދިކޮޅު ކޯލިޝަން އިން ވެސް ވަނީ އާޒިމްގެ ތުހުމަތުތައް ދޮގު ކޮށްފައެވެ. ބައެއް މީޑިޔާ ތަކަށް މައުލޫމާތު ދެއްވަމުން އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އާދަމް ޝަރީފް ވިދާޅުވީ، ސިޔާސީ ހަރަކާތް ހިންގަން ގައުމުތަކުން ފަންޑު ނުހޯދާނެ ކަމަށެވެ.
އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ މެންބަރުން ގެންދަވަނީ އިންޑިއާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ޗައިނާ ދިފާއު ކުރައްވައި ވާހަކަ ދައްކަވަމުންނެވެ. އަދި ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ މެންބަރުން ގެންދަވަނީ އިންޑިއާއަށް ތައުރީފް ކޮށް ޗައިނާއަށް ފާޑުވިދާޅުވަމުންނެވެ. ރައީސް ޔާމިން ސަރުކާރުގައި އެންމެ ގާތް ގުޅުމެއް ބޭއްވީ ޗައިނާ އާއެވެ. ޔާމިންގެ ސަރުކާރުގައި ހިންގި ޕްރޮޖެކްޓްތަކަށް ޗައިނާއިން ބޮޑެތި އެހީތަކެއް ވަނީ ވެދީފައެވެ. އެއާ ޚިލާފަށް މިސަރުކާރުން އެންމެ ގާތްގުޅުމެެއް ބާއްވަނީ އިންޑިއާއާ އެވެ. އިންޑިއާ އިން ވެސް މިފަހުން ބޮޑެތި އެހީތަކެއް ރާއްޖެ އަށް ވަނީ ވެދީފައެވެ.
މިފަހަކަށް އައިސް ރާއްޖޭގެ ވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު އިންޑިޔާ އާއި ޗައިނާގެ ވާދަވެރިކަމުގައި ރާއްޖެ އޮންނަނީ ފިތިފައެވެ.

The non-interference policy of China is time-tested and well observed, it wont change because of anyone making untrue claims or trying to dragging us into local party game.
— Amb. Zhang Lizhong (@AmbassadorZhang) September 7, 2020
If not aware of the position of Maldives gov. on this ties, click the link. https://t.co/UKJbjhMzyb
"ޗައިނާގެ މި ސިޔާސަތުގެ ހަގީގަތެއް ބަޔަކު ކުރާ ދޮގު ތުހުމަތުތަކާ ގުޅިގެން ބަދަލެއް ނުކުރެވޭނެ. އަދި ގައުމުގެ އެތެރޭގެ ސިޔާސީ ޕާޓީތަކުގެ ގޭމްގެ އުކުޅަކަށް އެކަން ބޭނުން ކުރިޔަސް މި ހަގީގަތް އޮޅުވައެއް ނުލެވޭނެ." ޗައިނާ ސަފީރު ކުރެއްވި ޓުވީޓްގައި ވިދާޅުވިއެވެ.
ޗައިނާ ސަފީރުގެ އިތުރުން އިދިކޮޅު ކޯލިޝަން އިން ވެސް ވަނީ އާޒިމްގެ ތުހުމަތުތައް ދޮގު ކޮށްފައެވެ. ބައެއް މީޑިޔާ ތަކަށް މައުލޫމާތު ދެއްވަމުން އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އާދަމް ޝަރީފް ވިދާޅުވީ، ސިޔާސީ ހަރަކާތް ހިންގަން ގައުމުތަކުން ފަންޑު ނުހޯދާނެ ކަމަށެވެ.
އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ މެންބަރުން ގެންދަވަނީ އިންޑިއާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ޗައިނާ ދިފާއު ކުރައްވައި ވާހަކަ ދައްކަވަމުންނެވެ. އަދި ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ މެންބަރުން ގެންދަވަނީ އިންޑިއާއަށް ތައުރީފް ކޮށް ޗައިނާއަށް ފާޑުވިދާޅުވަމުންނެވެ. ރައީސް ޔާމިން ސަރުކާރުގައި އެންމެ ގާތް ގުޅުމެއް ބޭއްވީ ޗައިނާ އާއެވެ. ޔާމިންގެ ސަރުކާރުގައި ހިންގި ޕްރޮޖެކްޓްތަކަށް ޗައިނާއިން ބޮޑެތި އެހީތަކެއް ވަނީ ވެދީފައެވެ. އެއާ ޚިލާފަށް މިސަރުކާރުން އެންމެ ގާތްގުޅުމެެއް ބާއްވަނީ އިންޑިއާއާ އެވެ. އިންޑިއާ އިން ވެސް މިފަހުން ބޮޑެތި އެހީތަކެއް ރާއްޖެ އަށް ވަނީ ވެދީފައެވެ.
މިފަހަކަށް އައިސް ރާއްޖޭގެ ވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު އިންޑިޔާ އާއި ޗައިނާގެ ވާދަވެރިކަމުގައި ރާއްޖެ އޮންނަނީ ފިތިފައެވެ.
ކިޔުންތެރިންގެ ހިޔާލު