އަންނަން އޮތް ޖީލުތައްވެސް ހިމެނޭހެން ރައްޔިތުންގެ ބޮލުގައި 74 ބިލިއަން ރުފިޔާގެ ދަރަނި އެޅުވި އިރު މިފައިސާއިން ޤައުމަށާއި، ރައްޔިތުންނަށް ކޮށްދިންކަމެއް އެގެންޖެހޭ ކަމުގައި ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ޖުމްލަ ދަރަނި 73 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު އާންމުކުރި ތަފާސް ހިސާބުތަކުން ވަނީ ދައްކާފައެވެ. މިކަމާއިމެދު ކަންބޮޑުވުން ފާޅުކުރަށްފައި ކުރީގެ އޮޑިޓަ ޖެނެރަލް ނިޔާޒް އިބްރާހިމް ވަނީ ރައްޔިތުންގެ ފަރާތުން، ސަރުކާރަށް ދެސުވާލެއް ކުރިމަތި ކުރުވުމަށް އެދިވަޑައިގެންފައެވެ.
މިހާރު ރާއްޖޭގައި ދިރިތިބި ދިވެހިންނާއި ކުރިއަށް އޮތް ޖީލުތަކުގައި އަންނާނެ ދިވެހި ރައްޔިތުންގެ ބޮލުގައި މިހާބޮޑު ދަރަނިތަކެއް އަޅުވާފައިވާއިރު ޤައުމަށާއި ރައްޔިތުންނަށް މިކަމުންވީ ފައިދާއެއް، އައި ކުރިއެރުމަކީ ކޮބައިތޯ ސާފުކުރަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ. 74 ބިލަޔަނާއި ގާތްކުރާ އަދަދަކަށް ދައުލަތުގެ ދަރަނި ގޮސްފައިވާއިރު އާންމު ރައްޔިތު މީހާގެ ދިރިއުޅުމުގެ ހާލަތަށް ބަދަލު ނައިސް މީހުން އުޅެމުންދާ ހާލަތާއިމެދު ސަރުކާރާއި ސުވާލު ކުރަންޖެހޭކަމަށް ވިދާޅުވެ ނިޔާޒުވަނީ އެސުވާލު ކުރުމަށް ރައްޔިތުންނަށް ހަދާންކޮށްދެއްވާއެވެ.
"ދިވެހި ރާއްޖޭގެ ރައްޔިތުންގެ ބޮލުގައި 74 ބިލިއަން ރުފިޔާގެ ދަރަނި އެޅުވި އިރު މިފައިސާ ދަރަންޏަށް ނެގުމުގެ ނަތީޖާއެއްގެ ގޮތުން އާންމު ރައްޔިތު މީހާގެ ދިރިއުޅުމުގެ ހާލަތަށް އައި ހެޔޮ ބަދަކީ ކޮބައިތޯ؟ ކޮންމެ ދިވެހި ރައްޔިތަކުވެސް މިއަދު ސުވާލު ކުރަންޖެހޭ. އަންނަން އޮތް ޖީލުތަކުގެ ބޮލުގައި މިވަރުގެ ދަރަނި އެޅުވިއިރު އަންނަން އޮތް ޖީލުތަކަށްޓަކައި މިފައިސާއިން ކުރީ ކޮންކަމެއްތޯވެސް ސުވާލު އުފައްދަންޖެހޭ" ނިޔާޒް އިބްރާހިމް ވިދާޅުވިއެވެ.
ފިނޭންސް މިނިސްޓްރީން ޖޫން މަހުގެ ނިޔަލަށް އާއްމު ކޮށްފައިވާ ދަރަނީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގެ ޖުމްލަ ދަރަނި ގެރެންޓީ ދޫކޮށްފައިވާ ދަރަނި ހިމަނައިގެން ބަލާނަމަ މިހާރު ހުރީ 73.9 ބިލިއަން ރުފިޔާގަ އެވެ. މި ހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގެ ޖުމްލަ ދަރަނި މިހާރު ވަނީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާނަމަ، 108 ޕަސެންޓުގައެވެ. އަދި އެތެރޭގެ ދަރަނި ހުރީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާނަމަ 55 ޕަސެންޓުގަ އެވެ.
މިހާރު ރާއްޖޭގެ ބޭރުގެ ދަރަނި ވަނީ 37.7 ބިލިއަން ރުފިޔާއަށް ވަނީ އަރާފަ އެވެ. އަދި އެތެރޭގެ ދަރަނި ހުރީ 36 ބިލިއަން ރުފިޔާގަ އެވެ. ބޭރުގެ ދަރަނި ހުރީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާނަމަ 55 ޕަސެންޓުގަ އެވެ. އަދި އެތޭރެ ދަރަނި ހުރީ 53 ޕަސެންޓުގަ އެވެ.

ކިޔުންތެރިންގެ ހިޔާލު