ރައީސް ނަޝީދު ލިޔުއްވި ދެރަދުންގެ ފޮތް އިކޮންމިކް މިނިސްޓަރ ފައްޔާޒު ބައްލަވައިގަންނަވަނީ
ރައީސް ނަޝީދު ލިޔުއްވި ދެރަދުންގެ ފޮތް އިކޮންމިކް މިނިސްޓަރ ފައްޔާޒު ބައްލަވައިގަންނަވަނީ
އެމްޑީޕީގެ ތެރޭގައި ހިނގާ ކަންތައްތައް ޕާޓީގެ ތެރެއިން ނިންމުން ރަނގަޅުވާނެ ކަމަށް އެމްޑީޕީގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައެވެ. އެގުރޫޕްގައި އިކޮންމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށައަޅުއްވާނެ ކަމުގެ އިޝާރާތެއް ރައީސް ނަޝީދު ވަނީ ކުރައްވާފައެވެ.

"ފަޔާ ވެސް ޕާޓީއަށްޓަކައި ދުވަސް ކޮޅަކަށް ބޭރުގައި މަޑުކުރެއްވުން ރަނގަޅު ވާނީ. އަޅުގަނޑުމެން އެންމެން ވެސް މިދަނީ ފަހަތަށް ޖެހެން ވާއިރު އެކަން ކުރަމުން." ރައީސް ނަޝީދު އެމްޑީޕީ ގައުމީ މަޖިލީހުގެ ވަޓްސް އަޕް ގުރޫޕަށް ފޮނުއްވި މެސެޖްގައި ވިދާޅުވެފައިވެއެވެ.

ރައީސް ނަޝީދު މީގެ ކުރިން ވިދާޅުވީ ފައްޔާޒް، "ބްރޯ" އަކަށް ވެގެން ޕާޓީގެ ތެރޭގައި ނޫޅުއްވޭނެ ކަމަށެވެ. އަދި އެ ފުރުސަތު ނުދެއްވާނެ ކަމަށް ރައީސް ނަޝީދު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.  ފައްޔާޒާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ 35 މެމްބަރެއްގެ ސޮއި ހޯއްދަވަން ނަޝީދު ވަނީ މަސައްކަތް ފައްޓަވާފައެވެ. ފައްޔާޒާ ދެކޮޅަށް 30 ސޮއި މިހާރު ހަމަ ކުރެއްވިފައިވާ ކަމަށާއި ރައީސް ނަޝީދު ބޭނުންފުޅުވަނީ 35 ސޮއި ހަމަކުރެއްވުމަށް އެމައްސަލަ އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށައަޅުއްވަން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ރައީސް ސޯލިހް ވަނީ އިކޮންމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލަށް އެމަނިިކުފާނުގެ ތާއިދު އޮތް ކަން ހާމަކުރައްވާފައެވެ. އިކޮންމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވެފައިވަނީ ސަރުކާރުގެ ތެރެއިން ބޭނުންވާ ކަންތައްތަކުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ ގުޅުއްވައި، ވާހަކަ ދައްކަވާފައި ވާނެ ކަމަށެވެ. އަދިވެސް އެ ކަންކަމުގައި އެ ބޭފުޅުންނާ ގުޅުއްވާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. ޕާޓީގެ ތެރޭގައި ބްރޯވެގެން އުޅޭ ކަމުގެ ތުހުމަތުތައް ފައްޔާޒު ދޮގުކުރައްވައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން