އައްޑޫގައި ދާދިފަހުން މަރުވެފައި އޮއްވާ ފެނުނު ބިދޭސީ މީހާގެ މަރުގައި ޝައްކުވާ ޒާތުގެ ކަމެއް ނެތް ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.

މި ބިދޭސީ މީހާ މަރުވެފައި އޮއްވާ ފެނިފައި ވަނީ ހިތަދޫ އާރިކިޅި ތެރެއިން މި މަހުގެ 2 ވަނަ ދުވަހުގެ ހެނދުނު އެވެ. އެ ދުވަހު ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުނެފައި ވަނީ އެ މީހާ ނަގައިގެން އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށެވެ.

އެ މީހާ އަކީ ހިތަދޫގެ ރެސްޓޯރަންޓެއްގައި މަސައްކަތް ކުރަމުން އައި އިންޑިއާ މީހެކެވެ.

ފުލުހުން ބުނީ އެ މީހާގެ މަރާ ގުޅޭ ތަހުގީގުގައި ޝައްކު ކުރެވޭ އެއްވެސް ކަމެއް ފާހަގަކުރެވިފައި ނުވާ ކަމަށާއި ސީސީޓީވީ ފުޓޭޖް ދިރާސާކުރުމަށް ފަހު، އެ މަރަކީ އެހެން ފަރާތެއްގެ ޝާމިލުވުމެއް އޮތް ހާދިސާއެއްކަން ފާހަގަވެފައި ނުވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން