ކޮވިޑް ސާމްޕަލް ޓީމް ސާމްޕަލް ނެގުމުގައި ހަރަކާތްތެރިވަނީ
ކޮވިޑް ސާމްޕަލް ޓީމް ސާމްޕަލް ނެގުމުގައި ހަރަކާތްތެރިވަނީ
ރާއްޖެއިން އިތުރު 83 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

އެޗްޕީއޭއިން ބުނީ އިއްޔެ އިރުއޮއްސި ހަޔަކުން މިއަދު އިރުއޮއްސި ހަޔަކަށް 83 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. މިއަދު ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 61 ދިވެހިންނާއި، 22 ބިދޭސީން ކަމަށް އެޗްޕީއޭ އިން ބުނެ އެވެ. މިއަދު އަތޮޅުތެރެއިން ވެސް އެކަކަށް ބަލިޖެހިފައިވެއެވެ. ބަލި ޖެހުނު މީހުންގެ ޖުމުލަ އަަދަދު މިހާރު ވަނީ 8667 އަށް އަރާފައެވެ.

މިވަގުތު ރާއްޖެ އިން ބަލިޖެހިފައި ތިބި މީހުންގެ އަދަދަކީ 2580 އެވެ. ބަލިން ރަނގަޅުވި މީހުންގެ އަދަދު މިހާރު ވަނީ 6052 އަށް އަރާފައެވެ. އެކަކު ފިޔަވައި މިއަދު ބަލިޖެހުނު 82 މީހުން ވެސް ޕޮޒިޓިވްވީ މާލެ ސަރަހައްދުންނެވެ. ކޮވިޑު ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން މިހާރު ފަރުވާދޭ މީހުންގެ އަދަދު މިރެއާއި ހަމަޔަށް ވަނީ 142 އަށް އަރާފައެވެ. މިވަގުތު އައިސޮލޭޝަން ފެސިލިޓީތަކުގައި 1118 މީހުން އެބަ ތިއްބެވެ. ކޮވިޑް ބަލީގައި ރާއްޖެ އިން ނިޔާވެފައިވަނީ 29 މީހުންނެވެ


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން