ތ.އަތޮޅު ރަށެއްގެ މޫދު: އެެއަތޮޅު ގުރައިދޫ ބަނދަރު ސަރަހައްދު މޫދަށް ވެއްޓި ދުވަސްވީ މީހަކު ވަނީ މަރުވެފަ
ތ.އަތޮޅު ރަށެއްގެ މޫދު: އެެއަތޮޅު ގުރައިދޫ ބަނދަރު ސަރަހައްދު މޫދަށް ވެއްޓި ދުވަސްވީ މީހަކު ވަނީ މަރުވެފަ
ތ. ގުރައިދޫގައި މޫދަށް ވެއްޓުނު އުމުރުން ދުވަސްވީ މީހަކު މަރުވެއްޖެއެވެ.

ފުލުހުން ބުނީ ތ. ގުރައިދޫގައި މޫދަށް ވެއްޓި މަރުވެފައި ވަނީ އުމުރުން 84 އަހަރުގެ ފިރިހެނެއް ކަމަށެވެ. ގުރައިދޫ ކައުންސިލުން ބުނީ މިރޭ 08:45 ހާއިރު މީހަކު ބަނދަރު ސަރަހައްދަށް މޫދަށް ވެއްޓިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.  އޭނާ އަކީ އާންމުކޮށް ވެސް ބަނދަރަށް އެރި އުޅޭ މީހެއް ކަމަށާއި، އޭނާގެ ސިއްހީ މައްސަލައެއް ހުންނަ ކަމަށް ވެސް އެނގިފައި ނުވާ ކަމަށް ކައުންސިލުން ބުނެ އެވެ.

ފުލުހުން ބުނީ އޭނާ މަރުވީ، މޫދުން ނަގައިގެން ގުރައިދޫ ހެލްތު ސެންޓަރަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން