ސްޓެލްކޯ ހެޑް އޮފީސް
ސްޓެލްކޯ ހެޑް އޮފީސް
މާދަމާ މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

ސްޓެލްކޯއިން މިއަދު އެކްސްގައި ބުނީ މާދަމާ އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތްތައް ކުރަން ނިންމާފައިވާ ކަމަށެވެ.

އެހެންވެ މާލެ ސިޓީގެ އިއްޒުއްދީން މަގާއި ސަބްދެލި މަގުގެ އިތުރުން މަޖީދީ މަގު ހިމެނޭ ސަރަޙައްދުން މާދަމާ މެންދުރުފަހު ދޭކުން ހަވީރު ހަތަރަކާ ދެމެދު ކަރަންޓުގެ ހިދުމަތް މެދުކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ.

އެހެންވެ ރަައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މާފަށް އެދިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން