މަޤާމުގެ ނުފޫޒް ބޭނުންކުރަށްވައިގެން ދޮގު މަޢުލޫމާތުތަކެއް ޖޭއެސްސީއަށް ދެއްވި ކަމަށް ތުހުމަތުކޮށް އޭސީސީގެ ރައީސް އާދަމް ޝާމިލްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގައި ދިނުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ފުލުހުންނަށް ހުށައަޅުއްވައިފިއެވެ.
އެގޮތުން ޑރ. އަޒްމިރަލްދާގެ ވަކީލް އިބްރާހީމް ޝަމީލް މިއަދު ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ މައްޗަށް ތަހުގީގެއް ހިންގާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް އާދަމް ޝާމިލް މައުލޫމާތު ދެއްވީ ތަހުގީގެއް ނުފަށަނީސް ކަމަށެވެ.
އެހެންކަމުން މަޤާމުގެ ނުފޫޒް ބޭނުންކުރަށްވައިގެން ދޮގު މަޢުލޫމާތުތަކެއް ޖޭއެސްސީއަށް ދެއްވާފައިވާތީ ޝާމިލްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގައި ދިނުމަށް އަޒްމިރަލްދާގެ ފަރާތްޕުޅުން ފުލުހުންނަށް ހުށައަޅުއްވާފައިވެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އޭސީސީން ތަހުގީގުކުރާ މައްސަލާގައި މިހާތަނަށް ޑރ. އަޒްމިރަލްދާއަށް ސުވާލެއްވެސް ކޮށްފައި ނުވެއެވެ. ނަމަވެސް އެ މައްސަލާގައި ކްރިމިނަލް ކޯޓުގެ ޤާޟީ ސޮފްއަތު ހަބީބާއި ޤާޟީ އިބްރާހީމް ޒިހުނީ އާއި ޤާޟީ އާދަމް މުހައްމަދުގެ ބަޔާން އޭސީސީން ނަގާފައިވާކަމަށް ވެއެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 26 ގައި އޭސީސީން ފަނޑިޔާރުންގެ މައްސަލަ ބަލާ ކަމަށް ބުނެ ޖޭއެސްސީއަށް ސިޓީ ފޮނުވާފައިވަނީ ޖެމްސް މެދުވެރިނުކޮށް އަތުން އަތަށް ސިޓީ ފޮނުވައިގެންނެވެ.
އެހެންކަމުން މީގެ ކުރިން އަޒްމިރަލްދާ ވަނީ އޭސީސީގެ ރައީސް ޝާމިލް ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށް، އެކަމުގައި ތިމާއަށް އަދި މަންފާ ލިބެންނުޖެހޭ ފަރާތްތަކަށް މަންފާ ހޯދައިދީފައި ވާތީ އެ މައްސަލަ އޭސީސީއަށް ހުށައަޅުއްވާފައެވެ.
އަދި އެ މައްސަލަ ބެލުމަށްޓަކައި އޭސީސީން މައްސަލަ ރަޖިސްޓްރީ ވެސް ކޮށްފައިވެއެވެ.
ޝާމިލްގެ މައްސަލަ އަޒްމިރަލްދާ ފުލުހުންނަށް ހުށައަޅުއްވާފައިވާއިރު އޭސީސީން ތަހުގީގު ކުރަމުންދާ މައްސަލާގައި އަޒްމިރަލްދާގެ އިތުރުން ފަނޑިޔާރު މަހާޒަށް ވެސް ތުހުމަތު ކުރެވޭ ކަމަށް އޭސީސީން ޖޭއެސްސީއަށް ފޮނުވާފައިވާ ސިޓީގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު