ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުޙައްމަދު ޝަމްއާން ވަހީދު ޝަރީޢަތް ނިމެންދެން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރު ކޮށްފިއެވެ.
މިދިޔަ މާރޗް މަހުގެ 21 ވަނަ ދުވަހު އިމިގްރޭޝަންގެ ކޮންޓްރޯލާގެ މަގާމުން ޝައްމާން ވަކިކޮށް އޭގެ އެއްދުވަސް ފަހުން އޭނާ ހައްޔަރު ކޮށްފައިވަނީ އިމިގްރޭޝަނުން ބަންދުކުރި ބިދޭސީއަކު ދޫކޮށްލައި، އޭނާގެ އަތުން 530،000 ރުފިޔާ ނެގި މައްސަލައަކާއި ގުޅިގެންނެވެ.
މި މައްސަލާގައި ޝަރީޢަތް ނިމެންދެން ޝަމްޢާން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރު ކޮށްފައިވާއިރު އެންމެ ފުރަތަމަ ކްރިމިނަލް ކޯޓުން އޭނާގެ ބަންދަށް ޖަހާފައިވަނީ 15 ދުވަހުގެ މުއްދަތެވެ.
އަދި އެ ބަންދު އަމުރުގެ މައްސަލަ ޝަމްއާން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން މައްސަަލަ ބަލައިނުގަތުމަށް ހައިކޯޓުން ވަނީ ނިންމާފައެވެ.
މިމައްސަލަ ފުލުހުން ބަލަމުންދާއިރު ޝަމްއާނު ހިމެނޭހެން 4 މީހަކު ފުލުހުން ވަނީ ހައްޔަރު ކޮށްފައެވެ. އަދި ދެ އޮފިސަރެއްގެ ޕާސްޕޯޓް ހިފަހައްޓާފައިވާ އިރު ޝަމްއާންގެ އާއިލާގެ މީހެއްގެ ފޯނުވެސް މިހާރު ވަނީ ހިފަހައްޓާފައެވެ.

ކިޔުންތެރިންގެ ހިޔާލު