ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނު މަސްތުވާތަކެތި، ފޮޓޯ: ފުލުހުން
ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނު މަސްތުވާތަކެތި، ފޮޓޯ: ފުލުހުން
އިންޓެލިޖެންސުން ހިންގި އޮޕަރޭޝަނެއްގައި ގއ. ވިލިނގިއްޔަށް އެތެރެ ކުރަން އުޅުނު މަސްތުވާތަކެތި ހޯދައި އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ހާމަ ކޮށްފިއެވެ.

ފުލުހުން ބުނީ މި އޮަޕަރޭޝަނަކީ މާލެއިން ފުރައިގެން ވިލިނގިއްޔަށް ދަތުރުކުރަމުންދާ ބޯޓަކުން ވިލިނގިއްޔަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ.

މި އޮޕަރޭޝަން ހިންގާފައިވަނީ މިމަހު 4 ވަނަ ދުވަހުއެވެ.

ފުލުހުން ބުނީ ބޯޓު ވިލިނގިލީ ބަނދަރާ ގާތްކުރުމުން ކޯޓު އަމުރެއްގެ ދަށުން އެ ބޯޓު ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި ބޮޑު ރަބަރު ޕެކެޓެއް ފެނިފައިވާކަމަށެވެ.

އެގޮތުން ފުލުހުން އަތުލައިގަތް މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 231 ގްރާމު ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.

ފުލުހުން ބުނީ ވިލިނގިލީ ޕޮލިސް ސްޓޭޝަނުން މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން