ދުންފަތް މަނާ ކުރާ އުމުރުފުރާ ކަނޑައެޅުމަށް އާންމުންގެ ހިޔާލު ހޯދުމުގެ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ހުޅުވާލި ޕޯލަށް ގިނަ މީހުން ވޯޓު ދީފައިވަނީ 2000 އިން ފެށިގެން އުފަންވީ ކުދިންނަށް ދުންފަތް މަނާ ކުރުމަށްކަން ހާމަވެއްޖެއެވެ.
ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަކީ ރައީސްގެ މުހިންމު ސިޔާސަތެކެވެ.
އެގޮތުން "ޖެނެރޭޝަން ބޭން" ގެ ސިޔާސާތު ތަންފީޒުކުރަން ނިންމާފައިވާކަން ރައީސް މުއިއްޒު ހާމަކުރެއްވީ މިދިޔަ މަހުގެ 27 ވަނަ ދުވަހު "ރައްޔިތުންނާ އެކު" ނަމުގައި ރައީސް އޮފީހުން ފެށި ޕޮޑްކާސްޓްގެ ފުރަތަމަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން ނެވެ.
ރައީސް ވިދާޅުވީ މިކަމާ ގުޅޭ ދިރާސާތައް ކޮށް "ޖެނެރޭޝަން ބޭން" އާ ގުޅޭ ކެބިނެޓް ޕޭޕަރެއް ހަދަން ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމްއާ މިހާރު ހަވާލުވެސް ކޮށްފައިވާ ކަމަށެވެ. އެކަމާ ގުޅޭގޮތުން ގޮތެއް ނިންމާނީ ވަރަށް ތަފްސީލުކޮށް ބެލުމަށްފަހު ކަމަށާއި އަދި އެކަމާ ގުޅޭ ގޮތުން ރާއްޖޭގެ ކަމާ ބެހޭ ފަރާތްތަކުގެ މަޝްވަރާވެސް ހޯއްދަވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"ޖެނެރޭޝަން ބޭން" އާ ގުޅޭ ގޮތުން އާންމުންގެ ހިޔާލު ހޯދުމަށް ރައީސް ހުޅުވާލެއްވީ ދުންފަތުން ސަލާމަތް ކުރުމަށް ހަދާ ގާނޫނުގައި ދުންފަތް މަނާކުރާނީ، 2000 ވަނަ އަހަރުން ފެށިގެން، ނުވަތަ 2004 ވަނަ އަހަރުން ފެށިގެން، ނޫންނަމަ 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ މީހުންނަށް ޓާގެޓު ކޮށްގެންތޯ ބެލުމަށެވެ.
މިކަމާ ގުޅޭގޮތުން ޚިޔާލު ހޯދަން ރައީސް ޢާންމުންގެ ޚިޔާލަށް ޕޯލެއް ހުޅުވާލެއްވީ މިމަހުގެ 3ވަނަ ދުވަހުއެވެ. އަދި ޕޯލުގެ ވަގުތު ހަމަވީ މެންދުރު 3:12 ގައެވެ.
ޕޯލްގެ ނަތީޖާ ދައްކާގޮތުން ގިނަ ރައްޔިތުން އެދެނީ 2000 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ ކުދިންނަށް ދުންފަތާއި ދުންފަތުގެ އުފެއްދުންތައް މަނާކުރުމަށެވެ.
އެގޮތުން ރައީސް އެކްސްގައި ހުޅުވާލި ޕޯލަށް 5500 އަށްވުރެ ގިނަ މީހުން ވޯޓު ލިއެވެ. އޭގެ ތެރެއިން 51.5 އިންސައްތަ މީހުން ވޯޓު ދީފައިވަނީ 2000 ވަނަ އަހަރުން ފެށިގެން އުފަންވާ ކުދިންނަށް ދުންފަތް މަނާކުރުމަށެވެ.
އަދި ފޭސްބުކްގައި ހުޅުވާލި ޕޯލަށް 5000 އަށްވުރެ ގިނަ މީހުން ވަނީ ވޯޓު ލާފައެވެ. އޭގެތެރެއިން 72 އިންސައްތަ މީހުން ވޯޓު ދީފައިވަނީ 2000 ވަނަ އަހަރު ފެށިގެން އުފަންވާ ކުދިންނަށް ދުންފަތް މަނާކުރުމަށެވެ.
މީގެ އިތުރުން އިންސްޓަގްރާމްގައި ހުޅުވާލި ޕޯލްގައި ބައިވެރިވީ މީހުންގެ ތެރެއިން 45 އިންސައްތަ މީހުން ވޯޓު ދީފައިވަނީ 2000 ވަނަ އަހަރުން ފެށިގެން އުފަންވާ ކުދިންނަށް ދުންފަތް މަނާކުރުމަށެވެ.
ރައީސް ވިދާޅުވީ ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމުގެ ޖީލުތަކެއް ރާއްޖޭގައި ތަންފީޒުކުރާނަމަ ދުންފަތުގެ އިސްތިއުމާލުކުރުމުގެ ގެއްލުންތަކުން އަޅުގަނޑުމެންގެ ޒުވާނުންނާއި އަންނަން އޮތް ޖީލުތަކުގެ ސިއްހަތު ރައްކާތެރިކުރެވިގެން ދާނެކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު